ޚަބަރު
މަޑަވެލި ހޯނޑެއްދޫ އާއި ވާދޫ މާޝްވަރާގެ މޭޒަށް

ގދ މަޑަވެލި ހޯނޑެއްދޫ އާއި ވާދޫގެ ހުރިހާ ކައުންސިލަރުންނާއި މަޑަވެލި އަދި ހޯނޑެއްދޫ ޑަބްލިއުޑީސީ މާޝްވަރާގެ މޭޒަކުން މަޑަވެލިީގައި މިއަދު ބައްދަލުކޮށްފިއެވެ.

3 ރަށުގެ ރައީސުން ވެސް ބައިވެރިވެލެއްވި މިއަދުގެ ބައްދަލުވުމަށް ފަހު ހުވަދު ނިއުސް އަށް މައުލޫމާތު ދެއްވަމުން މަޑަވެލި ކައުންސިލްގެ ނާއިބު ރައީސާ ފަސީހާ ޝަފީގް ވިދާޅުވީ 3 ރަށުގެ މެދުގައި މިއަދު ހިގައިދިޔައީ ވަރަށް ރަނގަޅު މަޝްވަރާ ތަކެއް ކަމަށާއި އެގޮތުން 3 ރަށުގެ މެދުގައި ގުޅުން ބަދަހިކޮށް ކުރިޔަށް ދެވިދާނެ ވަރަށް ގިނަކަންތަކާ މެދު ވާހަކަ ދެކެވުނުކަމަށެވެ. އަދި ކުރިޔަށް އޮތް 5 އަހަރަށް ރޭވިފައިވާ ތަރައްޤީގެ ޕްލޭން ވެސް ވަނީ ހުއްސާ ކުރެވިފައި ކަމަށެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން ފަސީހާ ވިދާޅުވީ މިއަދު މެންދުރުގެ މަޑަވެލި ކައުންސިލްގައި ކުރިޔަށް ދިޔަ މަޝްވަރާ ތަކުގައި 2 ރަށެއްގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ ހުރިހާ މެމްބަރުންވެސް ބައިވެރިވެފައިވާތީ އެކޮމެޓީތަކުގެ މެދުގައި ވެސް ވަނީ ގިނަ މަޝްވަރާތައް ކުރެވި ތަރައްޤީގެ މަސައްކަތް ތަކުގައި އެކުގައި މަސައްކަތް ކުރުމަށް އެއްބަސް ވެފައި ކަމަށެވެ.

ދާދި ފަހުން ގދ ވާދޫގެ ކައުންސިލްގެ ރައީސްގެ އިސްނެންގެވުމަށް ފަރެސްމާތޮޑާގެ ކައުންސިލާއި  އެ 2 ދެރަށުގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ އާއި ކައުންސިލް ވަނީ މިފަދަ މަޝްވަރާ ތަކެއް ކޮށްފައެވެ.