ޚަބަރު
މަހުލޫފުގެ މައްސަލާގައި ގޮތެއް ނިންމޭނީ ހެކި ހޯދުމަށްފަހު: ޕީޖީ

ޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކޮށްފައިވާ ސުވާލަކާއި ގުޅިގެން ޝަމީމް ވިދާޅުވީ މަހުލޫފްގެ މައްޗަށް ދައުވާ ކުރުމާއި މެދު ގޮތެއް ނިންމޭނެ ތާރީހެއް ބުނަން އަދިވެސް އޭނާއަށް ދަތި ކަމަށެވެ. އެމައްސަލައަކީ މުއްދަތު ނުހިނގާ މައްސަލައަކަށް ވުމުން ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާނީ ލިބެން ހުރި ހުރިހާ ހެކިތަކެއް ހޯދުމަށްފަހުގައި ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ތުހުމަތު ކުރާ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލާގައި ދައުވާ ކުރުމާއިމެދު ގޮތެއް ނުނިންމި 100 ދުވަސް ހޭދަވިޔަސް، ހޯދެން ހުރި ހުރިހާ ހެއްކެއް ނުހޯދެނީސް އެކަމުގައި ގޮތެއް ނުނިންމަވާނެ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީގެ ފައިސާ އެސްއޯއެފުން މަހުލޫފުގެ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިިރު، އޭނާ ހުރީ އެ މައްސަލައާ ގުޅިގެން ސަސްޕެންޑުކޮށްފައެވެ.

މަހްލޫފްގެ މައްސަލަ ނުނިމި ދިގުލައިގެންދާ ސަބަބާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ފުލުހުންނާ އެކު މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ. އަދި މައްސަލަ ލަސްވެއްޖެ ކަމަށް ބުނާ ވާހަކައަށް އިންކާރު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ލަސްވިޔަސް އެ އޮފީހުން ގޮތެއް ނިންމާނީ ބަލަން ޖެހޭ ކަންކަން ރަނގަޅަށް ބަލާފައި ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވާ ގޮތުގައި އެ މައްސަލަ ލަސްވުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް އެކުލެވިފައި ނުވާނެއެވެ.

އޭނާއަށް އެއްވެސް ނުފޫޒެއް ފޯރުވާފައިވޭތޯ ސުވާލުކުރުމުން ޝަމީމް ވިދާޅުވީ މަހުލޫފުގެ މައްސަލައާ ގުޅިގެން ވެސް އަދި އެހެން އެއްވެސް މައްސަލައަކާއި ގުޅިގެން ވެސް ސިޔާސީ ފަރާތެއްގެ ނުފޫޒެއް އޭނާ އަށް ނެތް ކަމަށެވެ. އަދި ހުރިހާ މައްސަލަތަކުގައި ވެސް ގޮތެއް ނިންމާނީ އެންމެ އިންސާފުވެރިކޮށް ކަމަށް ގަބޫލު ކުރެއްވޭ ގޮތަށް ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ނުފޫޒުގެ ދަށުވެގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ނެތް ކަމަށެވެ. އަދި ނުފޫޒު ފޯރާނަމަ އޭނާ އެ މަގާމުގައި ނުހުންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކުރިން ހަތަރު ރައީސުންނާ އެކު މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި އެއްވެސް އިރަކު އެއްވެސް ރައީސެއްގެ ފަރާތުން ވެސް ނުފޫޒެއް ނާންނަ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެއްވެސް މީހަކަށް ނުފޫޒު ފޯރުވަން ކެރޭނެ ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މަހުލޫފް ތުހުމަތުކުރާ ގޮތުގައި އޭނާގެ މައްޗަށް ދައުވާ ކުރުމާއި މެދު ގޮތެއް ނުނިމި ދަނީ ސިޔާސީ ނުފޫޒުންނެވެ. އަދި މިކަމުގައި މަހްލޫފް ވަނީ އޭނާގެ މައްސަލައިގައި ވަކި ގޮތަކަށް ތަފާތު ކުރާ ކަމަށް ވެސް ތުހުމަތުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!