ޚަބަރު
2 ގައުމަކާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ބަދަހިކުރަނީ

ދެޤައުމަކާއެކު ރާއްޖެއިން ޚާރިޖީ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ޚާރިޖީ ގުޅުން އިތުރަށް ވަރުގަދަ ކުރަން ނިންމާފައިވާ ދެ ޤައުމަކީ، ސްރީލަންކާ އާއި ތައިލޭންޑް، މިދެޤައުމެވެ.

ތައިލެންޑްގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު ޑޮން ޕްރަމުދްވިނާއީ އާ ފޮރިން މިނިސްޓަރުއަބްދުﷲ ޝާހިދު މިއަދު ވާޗުއަލްކޮށް ބައްދަލުކުރައްވާފައި ވާއިރު އެ ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ވެއެވެ.

އޭގެ އިތުރުން ކޮވިޑް-19ގެ ހާލަތު ދެ ގައުމުގައި އޮތް ގޮތާ، މި ބަލިމަޑިކަމުން އަރައިގަތުމަށް ދެގައުމުގައި ކުރެވޭ މަސައްކަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން، ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވި ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ތައިލެންޑުން ވޭތުވެދިޔަ ތަނުގައި، ހާއްސަކޮށް ކޮވިޑުގެ ބަލިމަޑުކަމުގައި ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

އަދި ތައުލީމު، ޒުވާނުން، ސަގާފަތާ ފަތުރުވެރިކަން ފަދަ އެކި ދާއިރާތަކުން ދެގައުމު ގުޅިގެން އިތުރަށް މަސައްކަތްކުރުމާ، އދގެ ތެރެއިން ދެގައުމު ގުޅިގެން އިތުރަށް މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައި ވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. އޭގެ އިތުރުން ޝާހިދު ވަނީ ސްރީލަންކާގެ އާ ފޮރިން މިނިސްޓަރު ގަމިނި ލަކްޝްމަން ޕީރިސް އަށް މިއަދު މަރުހަބާ ވިދާޅުވެފައެވެ.

އެ މެސެޖްގައި، ޖީއެލް ޕީރިސްއަކީ ކުރީގައިވެސް މިނިސްޓަރުކަން ކުރައްވާ އަދި ސިޔާސީ ދާއިރާގެ އެތައް ޒަމާންތަކެއްގެ ތަޖުރިބާ ހުރި ފަރާތެއް ކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެތަޖުރިބާއާކު ޖީއެލް ޕީރިސް ގެ ވަޒީރުކަމުގައި ސްރީލަންކާއާއި އެހެނިހެން ގައުމުތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އޭގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ޖީއެލް ޕީރިސް ކޮށްދެއްވާފައިވާ މަސައްކަތަކަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ޝާހިދުގެ މެސެޖްގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ލަންކާގެ ފޮރިން މިނިސްޓަރަށް ވަނީ ދެއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!