ކޮވިޑް-19ގެ ކޭސްތަކެއް ފެނިގެން މޮނިޓަރިންގް އަށް ލާފައިވާ ގދ ތިނަދޫ ގެ މޮނިޓަރިންގ ދެންމެ އުވާލާ، ރަށް ހުޅުވާލައިފިއެވެ.
ގދ. ތިނަދޫ ކައުންސިލްގެ ނާއިބްރައީސް ހުވަދޫ ނޫހަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އެޗްޕީއޭ އިން މިހާރުވަނީ ތިނަދޫ މޮނިޓަރިންގ ހާލަތުން ނަގައި ޕޯޓަލްގައި އެކަންއަރުވައި ކައުންސިލް އިދާރާއަށް އެކަން ކަށަވަރު ކޮށްދީފައެވެ.
މި މަހު 17 ވަނަ ދުވަހު ތިނަދޫ މޮނިޓަރިންގ އަށް ލާފައިވަނީ ރަށުގެ މުޖްތަމަޢު ތެރެއިން ކޮވިޑް ކޭސް ތަކެއް ފެނި ސްކޫލް ދަރިވަރުންތަކެއް ކޮވިޑް19 އަށް ފައްސިވުމުންނެވެ.