ޚަބަރު
ސާފުކަނޑުފަރު ހަރަކާތުގައި ގެމަނަފުށީގެ އެކި ސަރަހައްދުތަކުގައި ނަލަރީތި ޑަސްބިންތަކެއް ބަހައްޓައިފި

ސާފުކަނޑުފަރު ހަރަކާތުގައި ގެމަނަފުށީގެ އެކި ސަރަހައްދުތަކުގައި ނަލަރީތި ޑަސްބިންތަކެއް ބަހައްޓައިފިއެވެ.

މި ހަރަކާތަކީ ޒުވާންމަސްވެރިޔާ އާއި އެސޯސިއޭޝަން ފޯ ޔޫތު އެމްޕަވަރމަންޓް އޮފް ގެމަނަފުށި ޖަމްއިއްޔާ އާއި ދަންމަރު ޖަމިއްޔާ، ދިވެހި މަސްވެރިން، އެންސިސް ފިޝެރީޒް ޕލޑ އަދި އުގައިލް ފައުންޑޭޝަނުން ގުޅިގެން ހިންގާ ހަރަކާތެކެވެ. މިހަރަކާތުގައި ގެމަނަފުށި ކައުންސިލުންވެސް ވަނީ ބައިވެރިވެފައެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތުދެއްވަމުން މަޝްހޫރު ޒުވާން މަސްވެރިޔާ ސާޖިން ވިދާޅުވީ، ސާފުކަނޑުފަރު ކެމްޕެއިންގެ މަގްސަދަކީ ކަނޑުފަޅުތަކަށް އެޅޭ ޕްލާސްޓިކް މަދުކޮށް ހުއްޓުވުމެވެ. އެކެމްޕެއިންގެ ދަށުން މަސްވެރި ދޯނިފަހަރުގައި ބޭނުންކުރާ ޕްލާސްޓިކް ރަށަށް އަނބުރާ ގެނެސް އެއްކޮށް ރީސައިކްލިން އަށް މާލެ ފޮނުވާކަމަށެވެ. މީގެ އިތުރުންވެސް ހުވަދު އަތޮޅުގެ ފަޅުރަށްތަކުން ޕްލާސްޓިކް އެއްކޮށް 30 ޖަމްބޯ ބޭގްގެ ޕްލާސްޓިކް ރީސައިކަލް ކުރުމަށް މާލެ ފޮނުވައިފައިވާނެ ކަމަށެވެ.

ޒަމާނީ ރީތިގޮތަކަށް ލަކުނޑިން ފަރުމާކުރވިފައިވާ ކޮންމެ ޑަސްބިނެއްގެ މަތީގައި، އަމިއްލަޔަށް ތައްޔާރުކުރެވިފައިވާ ގަސްއިންދާ ޕޮޓެއް ބެހެއްޓި، ކޮންމެ ޕޮޓެއްގައި މާގަހެއް އިންދާފައި ވެއެވެ. ގިނަ ޕޮޓްތަކުގައި އިންދާފައިވަނީ، މިހާރު ދިވެހިންގެ ތެރެއަށް މަޝްހޫރުވެފައިވާ މާގަސްތަކުގެ ތެރޭގައި އެކުލެވޭ ބޯގަންވިލާގެ ތަފާތު ކުލަތަކުގެ މާއަޅާ ގަސްތަކެވެ. ގެމަނަފުށިން އަމާޒު ހިފާފައި ހުރީ، މިފަދަ ޑަސްބިންތަކަކީ މުޑުދާރު އެއްޗެއްގެ ގޮތުގައި ސިފަވެގެން ދިޔުމުގެ ބަދަލުގައި، ރަށަށް އަރާ ފައިބާ ފަތުރުވެރިންނާއި ޒުވާނުން، ފޮޓޯ ނަގަން ބޭނުންވާފަދަ ރީތި އައިކޯނިކް ޑަސްބިންތަކަކަށް މިޑަސްބިންތައް ބަދަލުކޮށްލުމެވެ.

ސާފުކަނޑުފަރުގެ ނަމުގައި ގެމަނަފުށީގައި ކުރިޔަށް ދާ ކެމްޕެއިނުގައި މިއަދު ޒުވާނުން ބެހެއްޓި މާގަސް ހަރުކޮށްފައިވާ ޑަސްބިނަކީ، ރަށުގެ ކުނިބުނި ނައްތާލުމަށް ބޭނުންކުރެވޭ މުހިންމު އެއްޗަކަށް ވުމުގެ އިތުރުން ރީތި ހިތްގައިމު ރަށުގެ ރީތިކަން އިތުރުކޮށްދޭނެ އެއްޗަކަށް ވެގެން ދާނެއެވެ. ސާފުކަނޑުފަރު ނަމުގައި ކުރިއަށް ގެންދާ މިހަރަކާތުގައި ވޭސްޓް މެނޭޖްކުރުމުގެ ދާއިދާއާއި ގުޅުން ހުރި ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ސާފުކަނޑުފަރު ޕްރޮގްރާމުގެ ތެރެއިން ގއ އަތޮޅުގެ އެކި ރަށްރަށުން ޕްލާސްޓިކް އެއްކޮށް ރީސައިކަލް ކުރުމުގެ މަސައްކަތް ހިމެނިފައިވާކަން އެސޯސިއޭޝަން ފޯ ޔޫތު އެމްޕަވަރމަންޓް އޮފް ގެމަނަފުށިން އަދި ޒުވާން މަސްވެރިޔާ ފާހަގަ ކުރެއެވެ.
ސާފުކަނޑުފަރު ޕްރޮގްރާމަކީ ޒުވާންމަސްވެރިޔާ އާއި އެސޯސިއޭޝަން ފޯ ޔޫތު އެމްޕަވަރމަންޓް އޮފް ގެމަނަފުށި ޖަމްއިއްޔާ އާއި ދަންމަރު ޖަމިއްޔާ، ގެމަނަފުށި ކައުންސިލް، ދިވެހި މަސްވެރިން، އެންސިސް ފިޝެރީޒް ޕލޑ އަދި އުގައިލް ފައުންޑޭޝަނުން ގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!