ޚަބަރު
އެވިޑުން ގަނެފައިވާ ފްލައިޓުގެ ފުލައިން ޓެސްޓް ނިންމާ އެފްރިކާގެ ސިވިލްއޭވިއޭޝަންއަށް ރިޕޯޓު ހުށައަޅައިފި

އެވިޑް ކޮލެޖުން ، ސައުތު އެފްރިކާއިން ގަތް ފުރަތަމަ މަލްޓީ އިންޖީނުގެ އެޔާ ކްރާފްޓް ގެ މެއިންޓެނެންސްގެ އެންމެހާކަންކަން ފުރިހަމަކުރުމަށްފަހު ސައުތު އެފްރިކާގެ މެއިންޓަނަސް ކުންފުނިން އެންމެ ފަހުގެ ޓެސްޓް ފުލައިން ނިންމާ ސައުތު އެފްރިކާގެ ސިވިލްއޭވިއޭޝަންއަށް އިއްޔެ ރިޕޯޓު ހުށައަޅާފައިވެއެވެ.
އެވިޑް ކޮލެޖުގެ ޗެއަރމަން އަބްދުﷲ މުސްތާޤް ވިދާޅުވީ އެވިޑު ކޮލެޖުން ދަނީ ސައުތު އެފްރިކާގެ ސިވިލް އޭވިޔޭސަނާ ވާހަކަ ދައްކައިގެން ފުލައިޓު ގެނެވުމަށް ނަގަންޖެހޭ ހުއްދަ އަވަސްކުރުމަށް މަސައްކަތް ކުރަމުން ކަމަށާއި އެ އެއަރ ކުރާފްޓް ރާއްޖެއަށް ގެނެވުމުން އެކަމުގެ ސަބަބުން ޓްރިޕްލް އޭގެ ދަރިވަރުންގެ ތެރެއިން ފްލައިން ފުރިހަމަކުރަންޖެހޭ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އެވިޑްކޮލެޖުން (ޓްރިޕްލް އޭ މެނޭޖްކުރުމަށް) ކުރާ މަސައްކަތްތަކުގައި އަލިމަގެއް ލިބިގެން ދާނެކަމަށެވެ.

އަދި ޓްރިޕްލް އޭގެ ނުނިމި ތިބި ދަރިވަރުން ނިންމުމަށް ޓަކާ އެވިޑް ކޮލެޖުން ކުރަމުން ގެންދާ މަސައްކަތްތަކަށް ސަރުކާރުގެ މުއައްސަސާތަކުން ވެދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށްވެސް އެވިޑް ގެ ޗެއަރމަން އަބްދުﷲ މުޝްތާގް ވިދާޅުވިއެވެ. އެވިޑް ކޮލެޖުން އައްޑޫ ގައި ހިންގަމުން ގެންދާ އޭވިއޭޝަން ތަޢުލީމާ ފަންނުވެރިކަމަކީ އޭވިއޭޝަން ދާއިރާއިން ކިޔަވާ ފަރާތްތަކަށް ލިބުނު ބޮޑު ކުރިއެރުމަށް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

Comment