ޚަބަރު
މޮނީޓަރިންގ ހާލަތާ ގުޅިގެން ތިނަދޫ ގައި އޮގަސްޓް 22 ފާހަގަ ކުރުން ފަސް ކޮށްފި

މޮނީޓަރިންގ ހާލަތާ ގުޅިގެން ތިނަދޫ ގައި އޮގަސްޓް 22 ފާހަގަ ކުރުން އޮގަސްޓް 26 އަށް ފަސް ކޮށްފިއެވެ.

ތިނަދޫ ކައުނަސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވީ މި ވަޤުތު ތިނަދޫ މޮނީޓަރިންގ ގެ ޙާލަތުގައި އޮތުމުން އެ ޙާލަތު އުވާލާނެ ކަމަށް ލަފާ ކުރެވޭ ދުވަސްކޮޅެއް ބަލައި މިހާރު ވަނީ ޝެޑިއުލް އަށް ބަދަލު ގެނެސްފައި ކަމަށާއި ނަމަވެސް ދިދަ ނެގުމާއި އަލިން 55 އެޅުން އޮގަސްޓް 22 ގައި އޮންނާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ގެނެވުން ބަދަލާއި އެކު ރަސްމީ ހަރަކާތްތައް ފައްޓާނީ 26 ގައި ކަމަށާއި 27 ދެ ދުވަހުގައި ގިނަ ހަރަކާތްތައް ކުރިން ވެސް ރޭވިފައިވާ ގޮތަށް ކުރިޔަށް ގެންދިއުމަށް ތައްޔާރު ވަމުން ދާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!