ޚަބަރު
މަޑަވެލި، ހޯޑެއްދޫ އަދި ނަޑެއްލާގެ އެންމެ މޮޅު ދަރިވަރަށް ނާފިޒްގެ ވަރަށް ޚާއްސަ ހަދިޔާއެއް

ގދ.މަޑަވެލި، ގދ.ހޯޑެއްދޫ އަދި ގދ.ނަޑެއްލާގެ އެންމެ މޮޅު ދަރިވަރަށް ވަރަށް ޚާއްސަ ހަދިޔާއެއް ދިނުމަށް އަމިއްލަ ފަރާތެއް ކަމުގައިވާ އިބްރާހިމް ނާފިޒް (ޗިކާ) ނިންމައިފިއެވެ.

ހުވަދޫ ނޫހަށް މައުލޫމާތު ދެއްވަމުން އިބްރާހިމް ނާފިޒް ބުނުއްވާފައިވާގޮތުގައި، މިހިނގާ ދިރާސީ އަހަރުގައި މިތިން ރަށުން އެންމެ މަތީ ނަތިއްޖާ ހާޞިލްކޮށް މި ތިންރަށުގެ ކޮންމެ ސްކޫލަކުން އެއްވަނަ ހޯދާ ދަރިވަރަކަށް ހަދިޔާއެއްގެ ގޮތުގައި ލެޕްޓޮޕެއް ދިނުމަށް އޭނާ ވަނީ ނިންމާފައެވެ.

ކިޔެވުމަށް ދަރިވަރުންކުރާ މިންނަތް މަސައްކަތް ބަލައިގަނެ، އަގުވަޒަންކުރުމުގެ ގޮތުން، ނާފިޒު ނިސްބަތްވާ ދާއިރާއަށް މިފަދަ ކަމެއް ކޮށްދިނުމަކީ ލިބިގެންދާނެ ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްގެ ގޮތުގައި ނާފިޒް ސިފަކޮށްފައި ވެއެވެ. އަދި ދިރާސީ އާހަރަށް ދަރިވަރުންނާއި، މުދައްރިސުންނާއި، ބެލެނިވެރިނަށް އުފަވެރި އަދި ކާމިޔާބީ އަހަރަކަށް ނާފިޒް އެދިފައިވެއެވެ.

ނާފިޒު އުފަންރަށް ކަމުގައިވާ، ގދ. ނަޑެއްލާއަށް ކުރިމަތިވި ކޮވިޑް19ގެ ހާލަތުގައިވެސް، ނަޑެއްލާއަށް ދީލަތި އެހީތަކެއް ދެއްވާފައިވާ ފަރާތެކެވެ. ނާފިޒަކީ ޒުވާނުންނާއި ގުޅޭ ޒުވާނަކަށް ވުމުގެ އިތުރުން ތަފާތު އިޖުތިމާޢީ ކަންކަމުގައި ވަރަށްބޮޑަށް އެއްބާރުލުންދޭ ފަރުދެއްގެ ގޮތުގައި ފާހަގަވެގެން ދެއެވެ.

  1. ނަން

    އެެ ދަރިވަރުގެެ އެދުރުންނަށާއިި ބެލެނިވެރިންނަށްވެސް ވެސްް ދީބަލަ

  2. ނަން

    އެދުރުންނާއިި ބެލެނިވެރިންގެެ އަގުވަޒަންކުރަންް ޝުކުރުވެރިވެެ މަރުޙަބާާ އާއިއެކުު ތިފަދަަ އެއްޗެއްް ވެސްް ދީބަލަަ.

    • ނަން

      ހާދަ ޖާހިލުކަންބޮޑޭ ދޯ ؟ ޝުކުރު ކޮށްބަލަ..