ޚަބަރު
ތިނަދޫ މޮނިޓަރިންގ ހާލަތުގައި އޮތްނަމަވެސް، ތައުލީމީ މަރުކަޒުގެ މަތީ ގްރޭޑްތަކުގެ ކިޔެވުން ފަށަނީ

މިވަގުތު ތިނަދޫ މޮނިޓަރިންގގެ ހާލަތުގައި އޮތް ނަމަވެސް، މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ އުޞޫލުތަކާއި އެއްގޮތަށް އެސްކޫލްގެ ގްރޭޑް 9 ން މަތީ ދަރިވަރުންނަށް 22 އޮގަސްޓް 2021 (އާދީއްތަ) ދުވަހުން ފެށިގެން ސްކޫލަށް ހާޒިރުވެ، ކިޔެވުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ވާހަކަ އެސްކޫލުން މައުލޫމާތު ދެއެވެ.

ސްކޫލްގެ ހިންގުމާއި ވަގުތީގޮތުން ޙަވާލުވެ ހުންނެވި ލީޑިންގ ޓީޗަރ ހުވަދޫ ނޫހަށް މަޢުލޫމާތު ދެއްވަމުން ބުނެފައިވާ ގޮތުގައި މޮނިޓަރިންގ ހާލަތު އުވާލެވެންދެން ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް އޮންލައިން ކްލާސްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. ސްކޫލްގެ ކިޔެވުން ކުރިޔަށް ގެންދިޔުމުގައި ދަރިވަރުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަމެއްދެއްވާނެ ކަމަށާއި، އަދި އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ގައިދުރުކަން ބަހައްޓައި މާސްކް އަޅައިގެން ދަރިވަރުން ސްކޫލަށް ހާޒިރުވުމަށް ސްކޫލުން އިލްތިމާސް ކުރެއެވެ.