ތިނަދޫ އަށް 2 ވަނަ ފަހަރަށް މީހުން އާބާދު ވާން ފެށިތާ 55 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ބަހުސް މިރޭ އޮންނާނެއެވެ.
ބަހުސް އިންތިޒާމް ކުރާ ތިނަދޫ މުރާލި ކަނބަލުންގެ ފަރާތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މައުސޫމާ އަލީ ވިދާޅުވީ މިރޭ 30;9 ގައި ކްލަބް ހައުސް ގައި ކުރިޔަށް ގެންދާ ބަހުސަކީ ތިނަދޫ ގެ ފުންނާބު އުސް ވާހަކަ ދެއްކުން ތެރިންގެ މެދުގައި މުބާރާތެއްގެ ގޮތުގައި ކުރިޔަށްދާ ވަރަށް ފޯރި ގަދަ ވާނެ ބަހުސެއްކަމަށެވެ.
ރަށު ބަހުން ކުރިޔަށް ގެންދާ މި ބަހުސް ގައި ބައިވެރި ވަނީ 2 ޓީމެވެ. ކޮންމެ ޓީމެއްގައި 6 މީހުން ހިމެނޭ މި މުބާރާތުގެ މައުޟޫ އަކީ “ތިނަދޫ ބަސް ހިމާޔަތް ކުރުމުގައި ބޮޑަށް ޙިއްޞާ ވަނީ އަންހެނުން” އެވެ.
ޓީމުގެ 2 ކެޕްޓަނުންނަކީ ތިނަދޫ ޕޭލް، އާމިނަތު އާރިފާ އަދި ތިނަދޫ, ސެމީ ، އަހުމަދު ހަސަން އެވެ. މި ބަހުސަކީ ތިނަދޫ ބަހުން ކުރިޔަށް ގެންދާ ބަހުސަކަށް ވާއިރުވެ މިއީ ތިނަދޫ ގައި މިފަދަ ބަހުސެއް ނުބާއްވާތާ ވަރަށް ގިނަ އަހަރު ތަކަށް ފަހު ބޭއްވޭ ބަހުސަކަށް ވާތީ މި މުބާރާތް ވެގެން ދާނީ ވަރަށް ފޯރި ގަދަ ބަހުސަކަށް ވާނެ ކަމަށް ބެލެވެއެވެ.
ބަހުސް ގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވަނީ ދިވެހި ބަހުގެ އަދީބުން ކަމަށްވާ އަޝްރަފް ޢަލީ ، ފަރެސް އާމިރު އަދި ޢަބްދުﷲ އަފީފް އެވެ.