ރިޕޯޓް
ތިނަދޫ ކައުންސިލްގެ ޗަރުކޭސް، ކިހިނެއް މި ވަނީ؟

ތިނަދޫ ކައުންސިލަކީ ސިޔާސީ ދެފިކުރެއްގެ ކައުންސިލް މެމްބަރުން ހިމެނޭ ކައުންސިލެކެވެ. ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަލާއިރު، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަދި އިދިކޮޅު ޕާޓީ ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި 3 މެމްބަރުން ކޮންމެ ޕާޓީއަކުން ތިބޭއިރު، ކައުންސިލްގެ ރައީސްގެ މަޤާމަށް ހޮވިފައިވަނީ އެމްޑީޕީގެ ބޭފުޅެކެވެ.

އެހެން ދައުރުތަކާއި ތަފާތުކޮށް، ތިނަދޫގެ ގިނަ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދުތަކަކާއި ގުޅިފައިވާ ކައުންސިލަކަށް މިދައުރުގެ ކައުންސިލް ވެފައިވެއެވެ. ތިނަދޫގައި ބައެއް ފަރާތްތަކުން ސިފަކުރާގޮތުން، ވަކި ޕާޓީއަކުން ތިނަދޫކައުންސިލުގައި ވަކި ހިއްޕާފައި އޮތް އޮތުމަށް ނިމުމެއް އައި ފަހަރެއްގެ ގޮތުގައި މިފަހަރުގެ ކައުންސިލް ވެގެން ގޮސްފައިވެއެވެ. ތަޢުލީމީ ޒުވާން ޤާބިލު ޓީމެއް ކައުންސިލް މެމްބަރުންގެ ގޮތުގައި ހޮވިގެން ދިޔުމަކީ ހަޤީޤަތުގައިވެސް ރައްޔިތުން އުފާކުރަންޖެހޭނެ ކަމެކެވެ. ރަށުގެ ތަރައްޤީގެ ދުވެލި އިތުރަށް ބާރުވެ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ރައްޔިތުންގެ ލާބަޔާ މަންފާއަށް ކުރެވޭ ކަންކަމުގައި އާވިސްނުންނެރެ ޒަމާނާއެއްގޮތަށް ކައުންސިލްގެ ހިންގުން ބަދަލުކޮށް، ތިނަދޫގެ ނަން އުޖާލާކުރާނެ ނަމޫނާ ކައުންސިލަކަށް ތިނަދޫ ކައުންސިލް ވެގެންދާތަން ފެނިގެން ދިޔުމީ ރައްޔިތުންގެ އުއްމީދެވެ. ނަމަވެސް ސުވާލަކީ އެމަންޒަރު ކައުންސިލުން އެބަފެނޭބާވައެވެ؟ ތަޢުލީމީ ޒުވާން ކައުންސިލަރުންގެ ޓީމަށް ތިނަދޫގެ ކުރީގެ ކަތީބުންނަށް ނުދެއްކުނު ޕާފޯމެންސެއް އެބަދެއްކޭ ބާވައެވެ؟ ކޮންމެއަކަސް މިސުވާލުގެ ޖަވާބު ރައްޔިތުންނަށް ދޫކޮށްލަމެވެ.

ކޮންމެއަކަސް ކުރީގެ ދައުރުތަކާއި ތަފާތުކޮށް، ނޫސްތަކުގެ ފަލަ ސުރުޚީތަކުން ތިނަދޫގެ ނަން ފެންނަގޮތް ވަރަށް ބޮޑުތަނުން ވަނީ އިތުރުވެފައެވެ. ތިނަދޫ ދެވަނަފަހަރަށް އާބާދުވީތާ 55 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ކައުންސިލުން އަންނަނީ ވަރަށްބޮޑަށް ތައްޔާރު ވަމުންނެވެ. ތަފާތު ގިނަ ޙަރަކާތްތަކެއް ރާވައި، އިންތިޒާމްކުރުމުގައި ކުލަޔަކަށް ބެލުމެއް ނެތި، ކައުންސިލް މެމްބަރުން އެއް ޓީމެއްގެ ގޮތުގައި ފެނިގެންދާތީ ގިނަ ރައްޔިތުންތަކެއް ތިބީ ވަރަށް އުފަލުންނެވެ. ހަޤީޤަތުގައިވެސް ވަރަށް ރީތި މަންޒަރެކެވެ. ފެންނަ ފެނުމުގައި ތިނަދޫގެ ވެރިންގެ ޓީމް ވަރަށް ގުޅެއެވެ.

ކައުންސިލަރުން ގުޅުން މިފަދަ ގޮތަކަށް ފެނުނު ނަމަވެސް، ކައުންސިލަރުންގެ ގުޅުމާއި އުޅުން ހުރީ ރައްޔިތުންނަށް މަންޒަރު ފެންނަ ގޮތަށް ބާވައޭ އަނެއްކާވެސް ސުވާލު އުފެދިއްޖެއެވެ. މިފަހަރު ފާހަގަވެގެން މިދިޔައީ ތަފާތު މަންޒަރެކެވެ. ހައިބަތުން ފުރިގެންވާ ތިނަދޫ ކައުންސިލް އިދާރާގައި، ދެޕާޓިއަށް ނިސްބަތްވާ ކައުންސިލް މެމްބަރުން ޚިޔާލުތަފާތުވެ ހުރިހާ މުވައްޒަފުން ކުރިމަތީގައި އެކަކު އަނެކަކަށް އައުގުރާނަ ގޮވައި، ގަޔަށް އަތްލާ ހިސާބަށް ގޮސްފައިވާ ވާހަކަ ރައްޔިތުން އަޑުއެހީ ލަނދުވެތި ކަމާއެކުއެވެ. ކައުންސިލް ރައީސަށް ނިސްބަތްކޮށް ބޮޑެތި ތުހުމަތުތަކެއް ބައެއް މެމްބަރުން ކޮށްފައިވާއިރު، ތަފާތު މިޑިޔާތަކުގައި ތިނަދޫ ކައުންސިލް މެމްބަރުންގެ ކޯޅުމުގެ ވާހަކަ ވަނީ ގުގުމާލާފައެވެ. ސޯޝަލް މީޑިޔާގައި، މެމްބަރުން އެކަކު އަނެކަކަށް ރައްދުދީ ބަހުގެ ހަމަލާތަކެއް ފެއްޓިފައިވާ ދަނޑިވަޅެއްގައި ތިނަދޫ ކައުންސިލްގެ ހުރިހާ މެމްބަރުންގެ ބަހެއް ހޯދުމަށް ހުވަދޫ ނިއުސް އިން ވަނީ މަސައްކަތް ކޮށްފައެވެ. މިގޮތުން ކައުންސިލް މެމްބަރުންގެ ބަސް ހިމަނައިގެން، ކައުންސިލްގެ ހާލަތު ނުވަތަ ކުރިމަތިވެފައިވާ މައްސަލަތަށް ރައްޔިތުންނާއި ހަމަޔަށް ގެނައުމުގެ މަސައްކަތް ހުވަދޫ ނިއުސް އިން ވަނީ ކޮށްފައެވެ. މިގޮތުން ކައުންސިލް މެމްބަރުންގެ ބަސް ހިމަނައިގެން މި ރިޕޯޓް އެކުުލަވާލެވިފައި ވާނެއެވެ.

ކައުންސިލް ތެރޭގައި ޖެހިގެން އުޅޭ މައްސަލަ :

  • ކައުންސިލް ބައްދަލުވުމެއްގެ އެޖެންޑާއެއްގެ ތާރީޚު ގަލަމުން ކަނޑައި ބަދަލުކޮށް، އެހެން ތާރީޚެއް ޖަހައިގެން ބައްދަލުވުން ބޭއްވުން
  • ކަންކަން ނިންމުމުގައި އެހެން ކައުންސިލް މެމްބަރުންގެ ރައުޔު ނުހޯދައި ރައީސް އަމިއްލަޔަށް ބޭނުންވާގޮތަށް ކަންކަން ނިންމުން
  • ރަސްމީ ގަޑިން ބޭރުން ކައުންސިލް މެމްބަރަކު އޮފީހަށް ނުކުތުމަށް ކައުންސިލް ރައީސްގެ ހުއްދަ ހޯދަންޖެހޭނެކަމަށް ރައިސް ބުނެފައިވުން
  • ކައުންސިލް އިދާރާގެ ހުރުމަތާއި އަގު ވެއްޓޭ ގޮތަށް ކައުންސިލް މެމްބަރުންގެ ބަސްމަގާއި އަމަލު ބައްޓަންވެފައި ހުރުން

ފާހަގަކޮށްފައިވާ މައްސަލަތަކާއި ގުޅޭގޮތުން ތިނަދޫ ކައުންސިލް މެމްބަރުން ހުވަދޫ ނިއުސްއަށް ދީފައިވާ މައުލޫމާތު (މެމްބަރުންގެ ބަސް):

ކައުންސިލް މެމްބަރ ޒަލީފް އަބްދުﷲ (ޕީޕީއެމް)

ބައްދަލުވުމުގެ އެޖެންޑާގެ ތާރީޚު ގަލަމުން ބަދަލުކޮށް ބޭއްވުނު މީޓިންގ އަކީ ޤާނޫނާއި ޚިލާފު ބައްދަލުވުމެއްގެ ގޮތުގައި ޒަލީފް ބުނުއްވައެވެ. ކަންކަން ނިންމުމުގައި އެހެން ކައުންސިލް މެމްބަރުންގެ ރައުޔު ނުހޯދައި އަމިއްލަޔަށް ބޭނުންވާގޮތަށް އަމިއްލަ މަސްލަހަތު އިސްކޮށް ކައުންސިލް ރައީސް ކަންކަން ނިންމާކަން ޒަލީފް ފާހަގަކޮށްފައިވެއެވެ. ރަސްމީ ގަޑިތަކުގައި ނޫން ގޮތަކަށް އޮފީހަށް ވަންނަނަމަ، ކައުންސިލް ރައީސްގެ ހުއްދަ ހޯދަން ޖެހޭނެކަމަށް ރައީސް ބުނެފައިވާކަމަށް ޒަލީފު ބުނުއްވައެވެ. ކައުންސިލް މީޓިންގ ތެރޭގައި މައިންބަފައިންނަށް ނިސްބަތްކޮށް ބޭއަދަބީ ބަސްތައް ޒަލީފަށް ނިސްބަތްކޮށް އެހެންމުވައްޒަފުންގެ ކުރިމަތީގައި ރައީސް ކިޔުމުން، ރައީސް އަށް ނިސްބަތްކޮށް އެފަދަ ބަސްތަކެއް ޒަލީފަށް ބުނެވުނުކަމަށް ޒަލީފް އެއްބަސްވެ ވަޑައިގެންނެވިއެވެ. ޒަލީފް ސިފަކޮށްފައިވާގޮތުގައި ކައުންސިލް ރައީސަކީ އޯޓިސްޓިކް ބޭފުޅެކެވެ.

ކައުންސިލް މެމްބަރ އާމިނަތު ނަސީމާ (އެމްޑީޕީ)

ނަސީމާ ފާހަގަކޮށްފައިވާ ގޮތުގައި، ކައުންސިލް ބައްދަލުވުން އެޖެންޑާ ކުރެވިފައިވަނީ ރަގަޅަށެވެ. އަދި ބައްދަލުވުންތަކުގައި ހުރިހާ މެމްބަރުންނަށްވެސް އެއްވަރަކަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ރައީސް ދެއްވާކަމުގައި ނަސީމާ ބުނުއްވައެވެ. ނަމަވެސް ބައެއް މެމްބަރުން ބައްދަލުވުންތަކުގައި، ބައްދަލުވުން ތެރޭގައި މޯބައިލް ފޯނާއި ކުޅެ، ފުޓްބޯޅަ މެޗްތަށް ބެލުންފަދަ ކަންކަން ކުރަމުންދާތީ، ބައްދަލުވުންތަކުގައި ދޭންޖެހޭ މިންވަރަށް ސަމާލުކަން ނުދެވޭ ކަމަށް ނަސީމާ ފާހަގަކޮށްފައި ވެއެވެ. ކައުންސިލް އިދާރާގައި ހިގާ ކަންކަމުގެ ވާހަކަ ކައުންސިލުން ބޭރުގައި ދައްކައި ހަމަނުޖެހުން އުފެއްދުމަކީ ރަނގަޅުކަމެއް ނޫންކަމުގައި ދެކިލައްވާކަމަށް ނަސީމާ ބުނުއްވައެވެ.

ކައުންސިލް މެމްބަރ އަހުމަދު ވަހިދު (ޕީޕީއެމް)

އަހުމަދު ފާހަގަކޮށްފައިވާ ގޮތުގައި، ބައްދަލުވުމުގެ އެޖެންޑާގެ ތާރީޚު ގަލަމުން ބަދަލުކޮށް ބޭއްވި މީޓިންގަ އަކީ ކަޑައެޅިގެން ޤާނޫނާއި ޚިލާފު ބައްދަލުވުމެކެވެ. އަހުމަދު ބުނުއްވާފައިވާގޮތުގައި، އޭނާ އަކީ އޮފީހުގެ ލިޔެކިޔުންތަށް ބަރާބަރަށް ސޮއިކުރުމުގެ ކުރިން ކިޔައި ހަދާ މީހެއް ކަމަށެވެ. އަދި އެފަދަ ޤާނޫނާ ޚިލާފު އަމަލުތައް ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް އަހުމަދު ބުނުއްވައެވެ. ކަންކަން ނިންމުމުގައި އަމިއްލަ މަސްލަހަތު އިސްކޮށް ކައުންސިލް ރައީސް ބޭނުންވާގޮތަށް ކަންކަން ނިންމަމުން ގެންދާކަމަށް އަހުމަދު ތުހުމަތުކުރައްވައެވެ. ރަސްމީ ގަޑިތަކުގައި ނޫން ގަޑިތަކުގައި އޮފީހަށް ވަންނަނަމަ، ކައުންސިލް ރައީސްގެ ހުއްދަ ހޯދަން ޖެހޭނެކަމަށް ރައީސް ބުނެފައިވާކަމަށްވެސް އަހުމަދު ބުނެއެވެ. ކައުންސިލް މެމްބަރުންނަކީ ރައްޔިތުންނަށް ޚިދުމަތްކޮށް، ވަކާލާތު ކުރުމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ބަޔަކަށް ވީނަމަވެސް އެފުރުޞަތު ރައީސް ނުދެއްވާކަމުގައި އަހުމަދު ފާހަގަކުރެއެވެ.

ކައުންސިލް މެމްބަރ އަހުމީމާ އަހުމަދު (އެމްޑީޕީ)

ކައުންސިލް ބައްދަލުވުން އެޖެންޑާ ކުރެވިފައިވަނީ ރަގަޅަށް ކަމުގައި އަހުމީމާ ބުނުއްވައެވެ. އަހުމިމާ މަޢުލޫމާތު ދެއްވާގޮތުގައި، ބައްދަލުވުންތަކުގައި ހުރިހާ މެމްބަރުންނަށްވެސް އެއްވަރަކަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ރައީސް ދެއްވައެވެ. ރައީސްގެ ކޮޓަރިކޮޅަށް ކޮންމެ ވަގުތެއްގައިވެސް އެހެން މެމްބަރުން އެއްވެސް ހުއްދައެއް ނުވަތަ އެޕޮއިންޓްމަންޓަކާއި ނުލައި ވަންނަވައި، ބޭނުން ވާހަކަފުޅެއް ދެއްކުވުމުގެ ފުރުޞަތު އަބަދުވެސް އޮންނަކަމުގައި އަހްމީމާ ފާހަގަކުރެއްވިއެވެ. ބައެއް މެމްބަރުން ކައުންސިލް އިދާރާގައި ބޭއަދަބީ ބަސްތައް ބޭނުންކުރެއްވުމަކީ ވަރަށް ހިތާމަކޮށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި އަހުމީމާ ސިފަކުރައްވާފައި ވެއެވެ. ރައީސަށް ނިސްބަތްކޮށް، އޯޓިސްޓިކް މީހެކޭ ކައުންސިލް މެމްބަރ ޒަލީފް ބުނުއްވާފައިވާކަމަށް އަހުމީމާ ބުނުއްވައެވެ. އަހުމީމާ ބުނުއްވާގޮތުގައި، ކައުންސިލްގައި ބަޔަކު ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ނެތްކަމަށާއި، ސިޔާސީ ދެފިކުރެއްގެ ބަޔަކު އެއްކޮށް މަސައްކަތް ކުރަންޖެހުމުން، ޚިޔާލުތަފާތުވުންތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ރަސްމީ ގަޑީގެ ބޭރުން އޮފީހަށް އަންނަނަމަ، ރައީސްގެ ހުއްދަ ހޯދަން ބުނެވުނު ބުނެވުމަކީ، އިތުރު ގަޑީގައި މަސައްކުރާ ސިވިލްސާވިސް ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ރައިސް ބުނުއްވާފައިވާ ބުނުމެކެވެ. ކައުންސިލް މެމްބަރުންނަކީ، އިތުރުގަޑީ ލާރި ލިބިލައްވާ ބަޔަކަށް ނުވާތީ، ކައުންސިލް މެމްބަރުން ކޮންމެހެން ރަސްމީ ގަޑިން ބޭރުން އޮފީހަށް ވަދެ ނުކުތުމަށް ކައުންސިލް ރައީސްގެ ހުއްދައެއް ހޯއްދަވަން ޖެހިވަޑައި ނުގަންނަވާނެއެވެ.

ކައުންސިލް މެމްބަރ ލިއުޝާ ޒުބައިރު (ޕީޕީއެމް)

މިމައްސަލަޔާއި ގުޅިގެން ހުރިހާ ކައުންސިލް މެމްބަރުންގ ބަސް ހޯދުމަށް ހުވަދޫ ނޫހުން ކުރި މަސައްކަތުން، ލިއުޝާ ފޯނު ނެންގެވި ނަމަވެސް، ވަގުތުގެ ދަތިކަމުން ޖަވާބެއް ދެވޭގޮތް ވަނީ ނުވެފައެވެ.

ކައުންސިލްގެ ނާއިބު ރައީސް ނަސްރުﷲ އަލީ (އެމްޑީޕީ)

ކައުންސިލް ބައްދަލުވުން އެޖެންޑާ ކުރެވިފައިވަނީ ރަގަޅަށް ކަމުގައި ނާއިބު ރައީސް ބުނުއްވައެވެ. ނާއިބުރައީސް ފާހަގަކޮށްފައިވާ ގޮތުގައި، މިޑިޔާތަކުގައި އެއްބަޔަކު އަނެއްބަޔަކު ރައްދުދޭންޖެހޭ ވަރުގެ ކަމެއް ނުހިގާކަމަށެވެ. ބައްދަލުވުން ތަކުގައި ކައުންސިލް މެމްބަރުންނާމެެދު ވަކިތަފާތުކުރުމެއް ރައީސް ނުގެންގުޅޭކަމުގައި ނާއިބްރައީސް ބުނުއްވިއެވެ. ނަސްރު ބުނުއްވާފައިގޮތުގައި، ދެފިކުރެއްގެ ކައުންސިލް މެމްބަރުން ކައުންސިލުގައި ތިއްބެވުމުން ހިތްހަމަނުޖެހުންތަކެއް ހުރުމަކީ އެކަށީގެންވާކަމެކެވެ. އަދި އެއްވެސް ކައުންސިލް މެމްބަރަކު ވަކިމެމްބަރަކާއި ޒާތީގޮތުން ޖައްސާލައިގެން އުޅޭކަމެއް ފާހަގަ ނުކުރެވެއެވެ. ނަމަވެސް ބައްދަލުވުންތަކުގައި އެޖެންޑާކުރުމުގައި ކަންތައް ކުރެވޭގޮތް އެހާ ހިތްހަމަނުޖެހޭކަމަށް ނާއިބްރައިސް ފާހަގަކުރެއްވިއެވެ.

މި ތުހުމަތު ތަކަށް ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީގެ ބަސް:

އެއްވެސް މެމްބަރެއްގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅުއްވާ ކަމުގައި ރައިސް ވިދާޅުވިއެވެ. ޕީޕީއެމް އަށް ނިސްބަތްވާ ބައެއްގެ މެމްބަރުންގެ އަމަލުތައް ހުންނަނީ ކުޑަކުދީންގެ އަމަލުތައް ހުންނަގޮތަށްކަމަށާއި، އެއްވެސް ޒިންމާދާރުކަމެއް ނުހުންނަކަމުގައި ރައީސް ބުނުއްވިއެވެ. އަދި މިމެމްބަރުން ކައުންސިލް އިދާރާގެ މަސައްކަތް ހުއްޓުވަން މަސައްކަތް ކުރާކަމަކަށްވެސް ރައީސް ތުހުމަތު ކުރެއްވިއެވެ. ރައީސް ބުނުއްވާފައިވާ ގޮތުގައި ބަޔަކު ޖަހާހާ ސަކަރާތަކަށް ނުބަލާނެކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކުރިޔަށް ދާނެކަމުގައި ސައުދު ބުނުއްވާފައިވެއެވެ. ބައްދަލުވުމުގައި ދެމެންބަރަކު ބައިވެރި ނުވިޔަސް، ލިޔެކިޔުންތަކަށް ގެއްލުން ދިނުމުންވެސް ފިޔަވަޅު އަޅާފައި ނުވާނޭކަމަށާއި، އެމެމްބަރުންނާއި ދޭތެރޭވެސް ވަރަށް އޯގާތެރިކޮށް އަމަލުކުރަމުން އަންނަކަމުގައި ސައުދު ބުނުއްވިއެވެ. ބަޔަކު ބޭނުންހާގޮތަކަށް އަމަލުކޮށް ޖެއްސުން ކުރުމަށް ފުރުޞަތު ނުދޭނެކަމަށާއި، މީހަކު ރޯތީ ހުއްޓުވަންވެސް ނޫޅުއްވާނެކަމަށް ސައުދު ބުނުއްވިއެވެ.

ކޮންމެއަކަސް ކައުންސިލް އިދާރާގައި ދިމާވެގެން މިއުޅޭ މައްސަލަތައް އެންމެ ފަހުން ވެގެންމިދަނީ ބޮޑު ޗަރުކޭސް ގަޑަކަށެވެ. ކައުންސިލް އިދާރާގައި ހުރި މައްސަލަތަކާއި ގުޅިގެން މެމްބަރުންގެ ޚިޔާލުތަފާތުވީނަމަވެސް، އެއްކޮށް މަސައްކަތް ނުކުރެވެންޖެހޭ ސަބަބެއް ނެތެވެ. ސިޔާސީ ފިކުރުތަކާ ޒާތީ ތަޢައްޞުބު އެއްފަރާތްކޮށް، ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ހެޔޮ ނިޔަތުގައި މަސައްކަތް ކުރަން އުޅެފިނަމަ، ރަށުގެ ތަރައްޤީއާއި، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަށް ފުރިހަމަޔަށް ދެވޭނެއެވެ. ވަކި ސިޔާސީ ފިކުރެއްގައި ބަދެވި، ރައްޔިތުން އިންތިޚާބު ކޮށްދިން މަޤްސަދު ހަދާން ނައްތާލައި، ގެރިޒުވާބުކޮށް، އައުގުރާނަ ގޮވައި، ދެބޯގެރި ދުއްވަން އުޅެ އިންތިޚާބީ ދައުރެއް ނިންމާލުމަކީ ލަދުވެތިކަމަކަށްވެދާނެކަމެކެވެ. އަދި ރައްޔިތުން ކުރިމަތީ ތިމާ ބޮޑު ޖޯކަކަށް ވެދާނެ ކަމެއްވެސްމެއެވެ. ރައްޔިތުން ކޮނޑުގައި އެޅުވި ޒިންމާ ފުރިހަމަޔަށް އަދާކުރާށެވެ. ރައްޔިތުން ބޭނުންވަނީ ޒިންމާދާރު، ނަތީއްޖާ ނެރޭ ކައުންސިލެއްގެ ގޮތުގައި ތިނަދޫ ކައުންސިލް މިހިގާ ކައުންސިލްގެ ދައުރުގައި ވެގެން ދިޔުމެވެ.

  1. ހެޔޮ އެދޭ ރައްޔިތެއް

    ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް އެކަކުއަނެކަކަށް އިޙްތިރާމް ކުރުން މުހިންމު. މުވައްސަސާގެ އަގު ހިފަހައްޓައި ރަށުގެތަރައްޤީ އަށް އިސްކަން ދިނުމަކީ ކައުންސިލަރުންގެ އެންމެ އިސް ވާޖިބުކަން ވިސްނަވަން ވާނެ.

    • ޙެޔޮއެދޭ

      ޙަގީގަތުގައިވެސް ސައުދު އަލީ އަކީ ސިޔާސީމައިދާނުގައި ތަޖުރިބާހުއްނާނެ ބޭފުޅެއް ހަޖަމަކޮށްލަންވެސް ދަސްބޭފުޅެއް ތިމާޔަށް ތިމާފެނިގެން އުޅުއްވާބޭފުޅެއްނޫން ކިބުރުވެރިކަމާއި ތަކައްބުރުވެ އަނެކުއްނަކީ ތިމާޔަށްވުރެން ނިކަމެތީން ކަމުގައި ދެކޭނެ ބޭފުޅެއްނޫން ތިޔަކައުންސިލް މެމްބަރުންގެ ތެރެއިން މިހާތަނަށް އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުނވެސް ސައުދުއަލީ ރަށައްކޮށްދިން ކަމެއްގެ ޒައްރެއްގެ މިންވަރުވެސް ރަށައްކޮށްދެވުނު މެމްބަރަކު ސައުދުނޫނީ ތިޔަތާކުނެތް އަހްމީމާގެ ވާހަކަ ފުޅަކީ ހަގީގަތަކީ

  2. ޙެޔޮއެދޭ

  3. ނުވިސްނުނެ

    މީބު ރިޕޯޓެކެ ހަދައިގެން ގެނެންނަން ޖެހެނެ ވަރުގެ ކަމެކެހޭ ހިތަން އެރޫ؟
    މީ އިންސާނުންނެ ވޮންނާ ކޮންމެ ތާކު ކޮންމެ ދޮހާކު ހިގަންނެއި ހަމަ އާދައިގެ ކަމެކެ.

    • ވިސްނީގެ

      ރިޕޯޓް އެކަނި ނުން، ތެއިހޭ އެއްތަކަސް ހަދަންނަން ބަޖެހެއި. ކޮންމި ދުހާކު އޮފީސް ނިންމައިލޭ ގޮހޮ މީޑިއާ ތަކަން ވަހަކަ ދީ، އެފްބީގައި އެތި ކިޔަނެ ފެހޭ ތިހެން ވެންނާ..
      ޙީވެންނޫ ކެރަންނަން މި ވޮންނާ އުދަގަލެ ކަމެކެ ކަމާ ނުއެގީ ތިޔެއި ލެބުނެ މަގާމެކެ ހެން.