ނިމިދިޔަ ޖުލައިމަހު ޔުނިފައިޑް ބްރަދާސް އޮފް ގެމަނަފުށިން ބޭއްވި ވާޗްއަލް ޤުރްއާން މުބާރާތުގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.
6 އުމުރުފުރާއެއްގައި ޖުމުލަ 52 ބައިވެރިން ވާދަކުރި މުބާރާތަކީ، މިހާތަނަށް ގެމަނަފުށީ ގައި ބޭއްވިގެންދިޔަ މިފަދަ ފުރަތަމަ ޤުރްއާން މުބާރާތެވެ.
ގެމަނަފުއްޓަށް ހުޅުވާލައިގެން ބޭއްވުނު މުބާރާތުގެ 16 އަހަރުން މަތީގެ އުމުރުފުރާއިން 1 ވަނަ ހޯދާފައިވަނީ، ގެމަނަފުށީ، ޝެހެނާޒުވިލާ، އަޙްމަދު ޝަކީބު އެވެ.
އަދި 13 އަހަރުން ދަށުގެ އުމުރުފުރާއިން 1 ވަނަ ހޯދާފައިވަނީ، ގދ. ގައްދޫ ކައިރުގެ ދެކޮނުބައި އައިޝަތު އަޒާ ބިންތި ޒަމްރަތް ޖަޢުފަރުއެވެ.
މިމުބާރާތައް ގެމަނަފުށިން ބޮޑު ތަރުހާބެއް ލިބިފައިވާކަން ފާހަގަ ކުރެވެއެވެ.