ގދ ގައްދޫ މަގު ހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ.
ގައްދޫ މަގުހެދުމުގެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނީ އެކުންފުނިން ގެންދަނީ ގައްދޫގެ މަސައްކަތް ހަލުވިކަމާއެކު އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުން ކަމަށާއި، އެގޮތުން ސައިޑްވޯކް ކޮނެ، ޝަޓަރިންގެ 93 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ކޮންކްރީޓް ކީވޯލްގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް އާރްޑީސީއިން ބުންޏެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ގައްދޫގެ ރިންގްރޯޑް ހިމެނޭގޮތަށް 6 މަގެއް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގދ.ގައްދޫގައި ހެދުމަށް ހަމަޖެހިފައިވަނީ 6 ކިލޯމީޓަރުގެ މަގެވެ.