ޚަބަރު
ބަނގުރާ ބުއިކަމަށް އިއުތިރާފްވި މީހެއްގެ ގައިގައި 40 އެތިފަހަރު ދުއްރައިން ތަޅަން ހުކުމް ކޮށްފި

ބަނގުރާ ބުއިކަމަށް އިއުތިރާފްވި މީހެއްގެ ގައިގައި ދުއްރައިން 40 އެތިފަހަރު ޖެހުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ އަހަރު މާރޗްމަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާލޭގެ ގެޔެއް ބަލާ ފާސްކުރުމުން އެގޭގެ ހަތަރުވަނަ ފަންގިފިލާގައި ބަނގުރާ ބޮމުންގެންދިޔަ ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެތެރޭގައި ހިމެނޭ މީހަކު ބަނގުރާ ބުއިކަމަށް ވަނީ އެއްބަސްވެފައެވެ.

ފުލުހުން ހަސަން ޔާމިނާ ސުވާލު ކުރުމުން ބަނގުރާ ބުއި ކަމަށް އެއްބަސްވެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވަނީ ހަދާފައެވެ.

އެހެންކަމުން ގ. ގާނެޓް، ހަސަން ޔާމީންގެ މައްޗަށް މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ދުއްރައިން ތެޅުމަށް ހުކުމް ކޮށްފައެވެ. ދުއްރައިން 40 އެތިފަހަރު ޖަހައި 26 ދުވަހަށް ޖަލު ހުކުމެއް ވަނީ އައިސްފައެވެ. އެހެންނަމަވެސް އިއުތިރާފުގެ އެއްބަސްވުމާ އެކު އޭނާގެ އަދަބު ލުއި ކުރުމަށް ދައުލަތުން އެދިފައިވާތީ ޖަލު ހުކުމް ނުވަ ދުވަހަށް ލުއި ކުރެވުނެވެ. ނަމަވެސް އެ މުއްދަތުގައި އޭނާ ބަންދުގައި ހުރެފައިވާތީ ބެލީ ޖަލު ހުކުމް ތަންފީޒުވެފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!