ޚަބަރު
15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއްގައި ހައްޔަރުކުރި އަޝްމަލީ ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި، ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ދިރާގުގެ ކުރީގެ ޗެއާމަން މުޙައްމަދު އަޝްމަލީ ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

ކަފާލާތުގެ ގޮތުގައި 125 އެމެރިކާ ޑޮލަރު ދެއްކުމަށްފަހު، ފަސް މިލިއަން ލަންކާ ރުޕީސް ނުވަތަ 25،000 އެމެރިކާ ޑޮލަރުގެ ދެ ގެރެންޓީ ނުވަތަ ޝުއަރިޓީސް ވެސް ބަހައްޓަންޖެހޭގޮތަށް އަޝްމަލީ ދުކޮށްލުމަށް ނިންމާފައި ވަނީ ޖުލައިމަހު ބޭއްވި އަޑުއެހުމެއްގައެވެ.

މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން އަޝްމަލީގެ ވަކީލުން ބުނާ ގޮތުގައި، ކަފާލާތާއި ދެންވެސް ކަނޑައެޅުނު ޝަރުތުތައް ފުރިހަމަ ކުރުމުން އޭނާ މިހާރު ހުރީ ދޫކޮށްލާފައެވެ. އަދި އޭނާ ދޫކޮށްލީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަކަމުންނެވެ. އެހެން ނަމަވެސް އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލީ ޕާސްޕޯޓު ކޯޓުން ހިފެހެއްޓުމަށްފަހު ކަމަށްވެސް ވަކީލުން ބުނެއެވެ.

އުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ޖިންސީ ބޭނުމަށް އެކި މީހުންނާ ހަވާލުކޮށް އެ ކުއްޖާގެ ކިބައިން ނާޖާއިޒު ފައިދާ ނަގަމުން ދިޔަ މައްސަލަ ލަންކާ ފުލުހުން ތަހްގީގު ކުރަމުން ދަނީ ބޮޑު ސަމާލުކަމެއް ދީގެންނެވެ. މިމައްސަލާގައި ފުލުހުން ވަނީ މިހާތަނަށް 40 މީހަކު ހައްޔަރުކޮށްފައިވެއެވެ.

މިމައްސަލާގައި އަޝްމަލީ ހައްޔަރު ކުރީ ކުއްޖާއާ ޖިންސީ ގުޅުން ހިންގަން ދިޔަ ކަސްޓަަމަރެއް ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ. އަދި އޭނާ އަކީ އެ ނެޓްވޯކަށް އެހީތެރިވި މީހެއް ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!