ޚަބަރު
ތިނަދޫއިން މިއަދު އިތުރު ދެކޭސް

ގދ.ތިނަދޫގައި ހުންނަ ފްލޫކްލިނިކަށް ދެއްކި ދެމީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތުދިން ގޮތުގައި އެރަށުން މިއަދު ފައްސިވެފައިވަނީ ރޯގާޖެހިގެން ފްލޫކްލިނިކްއަށް ދައްކަންދިޔަ ދެމީހުން ކަމަށާއި އެދެމީހުންގެ ނަތީޖާ ލިބިފައިވަނީ މިރޭ 18:00ގެ ފަހުން ކަމަށެވެ.

ތިނަދޫއިން މިއަދު ފައްސިވި ދެމީހުންނާއެކު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 12 އަށް އަރާފައެވެ.

މިއަދު ފައްސިވި ދެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެރަށުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.

އޮގަސްޓު 14 އަދި 15 ވަނަ ދުވަހު ފްލޫކްލިނިކަށް ދެއްކި ސްކޫލް ކުދިން ފައްސިވުމާއި ގުޅީގެން ތިނަދޫ މިވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މީގެކުރިންވެސް ތިންމަސްދުވަހުގެ މުއްދަތަކަށް ތިނަދޫ މޮނީޓަރިންއަށް ލާފައި އޮތުމަށްފަހު މޮނީޓަރިންގ އުވާލިތާ އަދި މަހެއްވެސް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!