ޚަބަރު
ލިފްޓެއްގެތެރޭގައި ބަޔަކު ތާށިވުމާއި ގުޅިގެން ހިޔާ ފްލެޓްތަކަށް ކަރަންޓް ދިނުން މެދުކަނޑާލައިފި

ހިޔާ ފްލެޓްގެ ލިފްޓެއްގެ ތެރޭގައި ބަޔަކު ތާށިވުމާއި ގުޅިގެން ލިފްޓުތައް ކޮމިޝަން ކުރުމުގެ މަސައްކަތް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓު ނުދޭން ހައުސިން ޑިވލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

ލިފްޓުގެ ތެރޭގައި ތާށިވި މީހުން ސަލާމަތްކޮށްފައިވަނީ އެމް.އެން.ޑީ.އެފްގެ  އެހީގައެވެ. އެހެންނަމަވެސް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިމަށްޓަކައި ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުން ވަގުތީގޮތުން މެދުކަނޑާލީކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މިރޭ ސްޓެލްކޯއިން ވިދާޅުވި ގޮތުގައި ހިޔާ ފްލެޓްތަކުގެ ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން އެޗްޑީސީން އެދިފައިވާ ކަމަށާއި ހިޔާގެ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިއަށް ދާނީ އެ މަސައްކަތް ނިމި، ކަރަންޓު ދޭން އެޗްޑީސީން އެންގުމުން ކަމަށެވެ.

ކޮންމެ ދުވަހަކު ދެޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުންދަނިކޮށް އިއްޔެ ފްލެޓެއްގެ ލިފްޓުތެރޭގައި ބަޔަކު ތާށިވުމާއި ގުޅިގެން ފްލެޓްތަކަށް ކަރަންޓު ދިނުން މިވަނީ މެދުކަނޑާލާފައެވެ.

ހިޔާ ފްލެޓްގެ ދެވަނަ ފިޔަވަހީގެ ޓަވަރުތަކަށް ކަރަންޓުދޭން ފަށާފައިވަނީ އޮގަސްޓް 17، 2021 ގައެވެ. އެގޮތުން އެންމެ ފުރަތަމަ ކަރަންޓް ދީފައި ވަނީ އެޗް15 އަދި އެޗް16 ވަނަ ޓަވަރަށެވެ. އަދި މި މަހު 18 ވަނަ ދުވަހު ވަނީ ހިޔާ ފްލެޓް ގެ ޓަވަރު 11 އަދި ޓަވަރު 12 އަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދީފައެވެ. މީގެ އިތުރުން ޓަވަރު 7 އަދި 8 އަށް މިމަހު 19 ވަނަ ދުވަހު ސްޓެލްކޯއިން ވަނީ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!