ޚަބަރު
ޖަޕާނުން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަނީ!

ކޮވިޑް-19ގެ ވެކްސްިން ދިވެހިރާއްޖެ އަށް ޖަޕާނުން ހަދިޔާކުރަން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި ކޮވިޑް-19ން ރައްކާތެރިވުމަށް ޖަޕާނުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަން ވަނީ ނިންމާފައެވެ. މިތަކެތި ހަވާލުކުރުން އޮގަސްޓް 22 ވަނަ ދުވަހު މެންދުރު އެ މިނިސްޓްރީގައި ކުރިއަށްދާނެކަމަށް ވަނީ ބުނެފައެވެ. ޖަޕާނުން މި ވެކްސިން ހަދިޔާ ކުރަނީ ކޮވެކްސް ފެސިލިޓީގެ ތެރެއިން ކަމަށް އެ މިނިސްޓްރީއިން ހާމަކުރެއެވެ.

ދިވެހިރާއްޖެއަށް މީގެ ކުރިން ވެސް އެކި ޤައުމުތަކުން ވަނީ ވެކްސިން ހަދިޔާކޮށްފައެވެ. އެގޮތުން އިންޑިއާ އަދި އެމެރިކާ ފަދަ ޤައުމުތަކުން ވަނީ ވެކްސިން ހަދިޔާކޮށްފައެވެ. އުންމީދަކީ، މަހެއްހާ ދުވަހުގެ ތެރޭގައި އުމުރުން 5 އަހަރުން މަތީގެ އާބާދީއަށް ވެކްސިން ޖެހޭނެ ގޮތް ހަމަޖެހިގެން ދިޔުން ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މިހާރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެފައިވާކަމަށެވެ. މިހާރުވެސް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖެހުމުން ޕޮޒިޓިވް ރޭޓް އިތުރަށް ދަށަށްދާނެ ކަމަށާއި، ބަލި ޖެހުނަށް ބޮޑުވަރުނުވެ އެކަމުން ސަލާމަތް ވެވޭނެ ކަމަށެވެ.

އޮގަސްޓް 15ވީ އާދީއްތަ ދުވަހުން ފެށިގެން ސްކޫލް ދަރިވަރުންގެ އިތުރުން އާންމުންނަށް ފައިޒަރ ވެކްސިން އިސްލާމީ މަރުކަޒުގައި ޖެހުން ވަނީ ފަށާފައެވެ. ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުމުން ވެކްސިން ޖެހުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Comment