ޚަބަރު
ފަރެސްމާތޮޑާ “ޓަރޓަލް ޕޮއިންޓް” ހިމާޔަތް ކުރަނީ

ފަރެސްމާތޮޑާގެ ފަރެސް އަވަށުގެ ކުރީގެ ނެރާ ދިމާލުން ވިލު ސަރަހައްދުގަިއ ގިނަ އަދަދަކަށް ވެލާ ކަހަނބު އުޅޭތީ އެސަރަހައްދު “ފަރެސްމާތޮޑާ ޓަރޓަލް ޕޮއިންޓް” ގެ ނަމުން ނަން ދިނުމަށްފަހު ހިމާޔަތްކުރެވިފައިވާ ސަރަހައްދަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކުރަމުންދާ ކަމުގައި ފަރެސްމާތޮޑާގެ ރައީސް އަހުމަދު އިމްތިޔާޒް ވިދާޅުވެއްޖެއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތުދެއްވަމުން ފަރެސްމާތޮޑާގެ ކައުންސިލް ރައީސް އިމްތިޔާޒް ވިދާޅުވީ، ފަރެސް އަވަށުގެ އިރު އުތުރު ވޮލުފަޅުގެ 5000 ވަރަކަށް އަކަފޫޓުގެ އޭރިއާއެއްގައި ވަރަށް ކުރިއްސުރެވެސް ވެލާ ކަހަނބު އުޅެމުންދާތަން ފެންނަގޮތް ގިނަ ކަމަށާއި މިހާރު އެވާހަކަ ދެކެވެނީ ރަށުގައި ލޯކަލް ޓުއަރިޒަމް ހިންގުމަށް ވާހަކަތައް ދެކެވެމުންދާތީ ކަމަށެވެ.

އިމްތިޔާޒް އިތުރަށް ވިދާޅުވީ، މީގެ ކުރިން އަދި މިހާރުވެސް އެޕޮއިންޓަށް ރަސްމީ ނަމެއް ދީފައި ނުވާކަމަށެވެ. އަދި ރަސްމީކޮށް އެޖެންޑާކޮށް ކައުންސިލްގެ ބައްދަލުވުމެއްގައިވެސް ވާހަކަ ދެކެވިފައި ނުވާކަމަށެވެ. ނަމަވެސް ނުރަސްމީކޮށް ކައުންސިލް މެމްބަރުން މެދުގައި އެވާހަކަ ދައްކާ ކަމަށާއި، މިހަފްތާތެރޭގައި އެތަން ބެލުމަށް ދާނެ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ވިސްނުންހުރީ ފަރެސްމާތޮޑާ ޓަރޓަލް ޕޮއިންޓް ނަމުގައި އެތަން ހިމާޔްތަކޮށް ބެލެހެއްޓުން. އަދި އެކަމަށް ހާއްސަ އުސޫލުތަކަކާ ގަވާއިދުތަކެއްވެސް ހެދުން. އެމަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފަށާނަން.” ފަރެސްމާތޮޑާ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު އެސަރަހައްދަށްގޮސް ބައެއް ފަރާތްތަކުން ދާއަޅައި މަސްވެރިކަން ކުރާ ކަމަށާއި އެފަދަ ކަންކަން ހުއްޓާލަން ޖެހޭ ކަމަށެވެ.

މުޅި ރާއްޖެ ލޯކަލް ޓުއަރިޒަމަށް ބަދަލުކުރަން އެންމެން ހިފާފައިވާ ދުވަސްވަރެއްގައި އެބަޔަކު، އެބައެއްގެ ރަށަކަށް ލިބިފައިވާ މިފަދަ ގުދުރަތީ ރީތިކަން ނުވަތަ ވަސީލަތްތައް ބަލަހައްޓަންޖެހޭކަން ފާހަގަ ކުރައްވަމުން ރައީސް އިމްތިޔާޒް ވިދާޅުވީ، ފަރެސްމާތޮޑާގެ ފަރެސް އަވަށުގައި ޕިކްނިކް ދާން އޮންނަ ވޭލިހަންކޮޑާ އާއި މާދުރުނޫން ހިސާބުގައި އޮންނަ ޓަރޓަލް ޕޮއިންޓަކީ އެގޮތުން ހިމާޔަތް ކުރަންޖެހޭ ތަނެއް ކަމަށެވެ.

Comment

  1. ވެލާ ނަގަން ދާންވީ ދޯ ތިތަނަށް.

  2. ޓާރޓަލާ

    ގުޑް ޖޮބް ބްރޯ!
    ކީޕް އިޓް އަޕް.