ޚަބަރު
ސޯލިހުގެ އަމާޒަކީ ޔާމީން ފްރޭމްކުރުން: ޑރ ޖަމީލް

އިންސާފުގެ ބެރުޖަހަމުން ވެރިކަމަށް ވަޑައިގަތް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަމައެކަނި އަމާޒަކީ އިދިކޮޅު ލީޑަރު ފްރޭމްކުރުން ކަމުގައި ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޓެގްކުރައްވާ ކޮށްފައިވާ ޓުވީޓެއްގައެވެ. އެޓުވީޓުގައި ޖަމީލު ވިދާޅުވީ، އިންސާފުގެ ބެރުޖަހަމުން ވެރިކަމަށް ވަޑައިގަތް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަމައެކަނި އަމާޒަކީ އިދިކޮޅު ލީޑަރު ފްރޭމްކޮށް ނުހައްޤުން އަދަބުދިނުން ކަމަށެވެ.

އަދި ކޮރަޕްޝަންގެ މައްސަލައެއް ބެލިފައި ނެތް ކަމަށާއި، ވެންޓިލޭޓަރު މައްސަލައާއި ޔޫތު މިނިސްޓަރ އަހުމަދު މަޙްލޫފްގެ މައްސަލައަށް ސީދާ ރައީސްގެ ނުފޫޒު އޮތް ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އަދި ކޮރަޕްޝަންގެ ލިސްޓު ވަރަށް ދިގު ކަމުގައިވެސް ޑރ ޖަމީލްގެ ޓުވީޓުގައި ބުނެފައިވެއެވެ.

ޑރ ޖަމީލަކީ ރައީސް ސޯލިހު ވެރިކަމަށް ގެންނަށް ބުރަ މަސައްކަތެއް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފަހުން ޑރ ޖަމީލު ވަނީ ރައީސް ސޯލިހުއަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!