ޚަބަރު
ހޯނޑެއްދޫ ދަނޑުބިންތަކުގެ 6.7 ހެކްޓަރުގެ ބިން ހަލާކުވެއްޖެ

ގދ ހޯނޑެއްދޫއާއި މަޑަވެލި ގުޅުވާލުމަށް ދެރަށުގެ މެދުގައި އަޅާފައިވާ ކޯޒްވޭގެ ސަބަބުން ހޯނޑެއްދޫ އުތުރުފަރާތުގެ 6.7 ހެކްޓަރުގެ ބިން ހަލާކުވެއްޖެ ކަމުގައި ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވެއްޖެއެވެ.

“ހުވަދޫ ނިއުސް” އަށް މައުލޫމާތުދެއްވަމުން ރައީސް ވާރިޝް މިއަދު ވިދާޅުވީ، މީގެ 3 އަހަރު ކުރިން މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ހަދައި ނިމުނުއިރު އެތަން ހެދިފައި އޮތް ގޮތުން މޫދުގެ ލޮނުގަނޑު ދައުރުވުމުގައި ހުރަސްތަކެއް ހުރުމުން ބޮޑު ދިޔައިގައާއި ރާޅުބާނި މޫސުމުގައި ހޯނޑެއްދޫގެ ދަނޑުބިންތަކުގެ ބޮޑު ސަރަހައްދަކަށް ރާޅު އަރާ ކަމަށާއި، ދަނޑުވެރިކަމާ އެހެނިހެން ސިނާއީ މަސައްކަތްތަކަށް ޙާއްސަކުރެވިފައިވާ ބިމުގެ 6 ހެކްޓަރަށްވުރެ ބޮޑު ބައެއް އެއްކޮށްހެން ހަލާކުވެފައިވާ ކަމަށެވެ.

ވާރިޝް އިތުރަށް ވިދާޅުވީ، މިމައްސަލައާއި ގުޅިގެން ކޯޒްވޭގެ މައްސަލަ ހައްލުކޮށް ނުދެވޭނަމަ ކޯޒްވޭ ނައްތާލުމަށްވެސް އެންވަރަމަންޓް މިނިސްޓްރީގައި މިހާރު ވަނީ އެދިފައިކަމަށާއި، ކޯޒްވޭގެ މައްސަލަ ހައްލު ނުވުމާއި ހޯނޑެއްދޫގެ ބިންތައް ނެތިވެގެންދާ މައްސަލައަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ.

މިހާރަކަށް އައިސް ހޯނޑެއްދޫގެ 20 އިންސައްތަ ބިން ހަލާކުވެފައިވާ ކަމަށް އިޝާރާތްކުރައްވާ ވާރިޝް ވިދާޅުވީ، މިމައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި، ސަރުކާރާއި މަޖިލިސް ތެރެއިން ހައްލު ލިބޭތޯ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވެސް ދަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.

ހޯނޑެއްދޫ މަޑަވެލި ކޯޒްވޭ ހަލާކުވުމާއި ކޯޒްވޭ ހެދިފައި އިންގޮތުން ދެރަށުގެ ރައްޔިތުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ހަދާފައިވަނީ 2018 ވަނަ އަހަރުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!