ޚަބަރު
ތިނަދޫގެ އާބާދީ 55 ފާހަގަކުރުމަށް މަޑަވެލިން ޚާއްސަ ހަދިޔާއެއް

ގދ ތިނަދޫއަށް ދެވަނަ ފަހަރަށް މީހުން އާބާދުވާން ފެށިތާ 55 އަހަރުވުމުން ފާހަގަ ކުރުމަށް މިއަދު ފެށި ޙަރަކާތްތަކުގައި ބައިވެރިވުމަށް އަވަށްޓެރި މަޑަވެލިން ހަދިޔާއެއްގެ ގޮތުގައި 22 ގަސް ހަދިޔާކޮށްފިއެވެ.

ތިނަދޫ މޮނިޓަރިން ހާލަތުގައި ވާތީ ގަސްތައް ހަދިޔާކުރުމަށް މަޑަވެލިން ތިނަދޫއަށް އައި ޓީމު ވަނީ ރަށުތެރެއަށް ނައަރާ ތިނަދޫ ފާލަންމަތިން ތިނަދޫ ކައުންސިލާއި ގަސްތައް ހަދިޔާކޮށްފައެވެ.

ދާދި ދެންމެއަކު ތިނަދޫއަށް މަޑަވެލިން ކުރި ދަތުރަކީ ތިނަދޫ މީހުން 1962 ގައި ރަށުން ބޭލީއްސުރެ ވަރަށް ގާތް ގުޅުމެއް އޮންނަ ރަށަކަށް ވުމާއި ރަށުން ބޭލުމުން ގިނަ ބަޔަކު ދިރިއުޅުން އެއް ރަށަކީ މަޑަވެލި ކަމަށްވާތީ، ތިނަދޫ އަށް އުފާވެރިކަމުގެ 55 އަހަރު ފުރޭ މުނާސަބާގައި އަމަލީގޮތުން ބައިވެރިވުމަކީ އުފަލެއް ކަމުގައި ދެކޭތީ ކުރި ދަތުރެއް ކަމަށް ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މަޑަވެލީ ކައުންސިލްގެ ނާއިބު ރައީސާ ފަސީހާ ޝަފީގް ވިދާޅުވިއެވެ. އަދި މިދަތުރަކީ މަޑަވެލި ރައްޔިތުންގެ ނަމުގައި މަޑަވެލި ކައުންސިލުން އިސްނަގައިގެން ކުރި ދަތުރެއް ކަމަށްވެސް ފަސީހާ ވިދާޅުވިއެވެ.

ތިނަދޫއަށް މަޑަވެލިން ދިން ހަދިޔާ އާއި ހަވާލުވެފައިވަނީ ތިނަދޫ ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލްގެ މެމްބަރުންނެވެ.

މިދަތުރުގައި މަޑަވެލި ކައުންސިކްގެ ރައީސްއާއި ނާއިބު ރައީސާގެ އިތުރުން ކައުންސިލް މެމްބަރުން އަދި މަޑަވެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ އިތުރުން މެމްބަރެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!