ޚަބަރު
ޝުހާދު މަރާލި މައްސަލައިގައި ފަރުދީ ހެކިންނަށް ފުރުސަތުދީފައިނުވާތީ ފަޑިޔާރުންގެ ސުވާލުތައް ދައުލަތަށް އަމާޒުކޮށްފި

ފުވައްމުލަކުގައި ހިނގާދިޔަ މާރާމާރީއެއްގައި މަރާލި އަބްދުﷲ ޝުހާދުގެ މައްސަލައިގައި ދަށުކޯޓުތަކުން ފަރުދީ ހެކިންނަށް ފުރުސަތު ދީފައިނުވާތީ ސްޕްރީމްކޯޓުގެ ފަނޑިޔާރުންގެ ސުވާލުތައް ދައުލަތަށް އަމާޒުކޮށްފިއެވެ.

2010 ވަނަ އަހަރު ޖެނުއަރީމަހު ފުވައްމުލަކުގައި ހިނގާދިޔަ މާރާމާރީއެއްގައި އެރަށު ޝުހާދުވަނީ މަރާލާފައެވެ. ޝުހާދު މަރާލުމުގެ ކުށުގައި އެރަށު ކަރަންކާއާގެ ހަސަން ފަރީދުގެ މައްޗަށް 2015 ވަނަ އަހަރު ކްރިމިނަލް ކޯޓުންވަނީ މަރަށް މަރުގެ ހުކުމް ކޮށްފައެވެ.

އެ ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފައި ވީނަމަވެސް އެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަރީދު ބުނީ ޝުހާދަށް ހަމަލާދިން ތަނަށް އޭނާ ގޮސްފައި ނުވާނެ ކަމަށާއި އެކަން ސާބިތު ކުރަން ދިފާއީ ހެކިން ހުށަހެޅި ނަމަވެސް އެމީހުންގެ ހެކިބަސް ދަށުކޯޓުން ނަގާފައިނުވާކަމަށެވެ.

އެހެންކަމުން އެކަމާ ބެހޭގޮތުން ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތާ ސުވާލުކޮށްފައެވެ. ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބުދާރީވަމުން ދައުލަތުން ވިދާޅުވީ ދިފާއީ ހެކިންގެ ހެކިބަސް ނުނެގި ސަބަބެއް ދަށުކޯޓުން ފާހަނގަ ކުރައްވާފައިނެތްކަމަށެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ދިފާއީ ހެކިން ހާޟިރުނުކޮށް ޝަރީއަތް ނިންމާލުމުން ސައްޙަ ޝާރީއަތަކަށް ވާނެތޯއެވެ. ޖަވާބުގައި ދައުލަތުން ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިންގެ ބަހުން އޭނާ އެތަނަށް ދިޔަ ކަން ސާބިތުވާ ކަމަށާއި އެހެންކަމުން، ދިފާއީ ހެކިން ހާޒިރު ނުކުރުމުގައި މައްސަލައެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

ދައުލަތުގެ ހެކިވެރިންގެ ތެރޭގައި އަނިޔާލިބުނު ބައެއް މީހުން ތިބިއިރު ޝުހާދުއަށް ހަމަލާދިންއިރު އެމީހުންނަށް ވަނީ މަންޒަރު ފެނިފައެވެ. އެމީހުންގެ އަދުލުވެރިކަމާމެދު ސުވާލުއުފެދޭ ކަމެއް ފަރީދުގެ ފަރާތުން ދެއްކިފައިނެތްކަމަށް ދައުލަތުން ހާމަކުރިއެވެ. އެހެންނަމަވެސް އިތުރުން ބައެއް ހެކިވެރިންނަކީ އަނިޔާ ލިބުނު މީހުންގެ އާއިލީ މީހުން ކަމަށްވާތީ އެ މީހުންގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ދައުލަތުން ވަނީ ވިދާޅުވެފައެވެ.

ފަރީދު ބުނާގޮތުގައި ތަހުގީގު މަރުހަލާގައި ލިބެންޖެހޭ ހައްގުތައް ކަމަށްވާ ހަނުހުރުމުގެ ހައްޤާއި ވަކީލަކު ނެގުމުގެ އޭނައަށް ދީފައިވަނީ ހައްޔަރުކުރިތާ ތިންދުވަސް ފަހުންނެވެ. އަދި އޭނާ އުޅޭ ގެ ބަލައި ފާސްކޮށްފައިވަނީ ކޯޓްއަމުރަކާ ނުލައި ކަމަށާއި ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔައީ ވެސް ހައްޔަރު ކުރިތާ ދެހަފުތާ ފަހުން ކަމަށް ފަރީދު ބުންޏެވެ.

ފަނޑިޔާރު ސުއޫދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ބައްލަވާ އެ މައްސަލާގެ އަޑުއެހުން މިއަދު ނިންމާލީ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން އިއުލާން ކުރެއްވުމަށްފަހުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!