ވޯލްޑް ހިއުމަނިޓޭރިއަން ޑޭ ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ގދ.ތިނަދޫގައި އިޖްތިމާއީ ހަރަކާތްތަކެއް ހިންގައިފިއެވެ.
ބީއެމްއެލްއިން ވިދާޅުވިގޮތުގައި ރާއްޖޭގެ 6 ރަށެއްގައި އިޖްތިމާއީ ހަރަކާތްތަކެއް މިވަނީ ހިންގާފައެވެ. އެގޮތުން ބަލާއިރު ގދ.ތިނަދޫގެ އިތުރުން ށ. ފުނަދޫ، ނ. މަނަދޫ، ފ. ނިލަންދޫ. ތ. ގުރައިދޫ، އަދި އައްޑޫ ސިޓީ ހިމެނެއެވެ.
ބީއެމްއެލްގެ މުވައްޒަފުން 6 ރަށެއްގައި އިޖްތިމާއީ ހަރަކާތްތަކެއް ހިންގައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނީ މިއީ ވޯލްޑް ހިއުމަނިޓޭރިއަން ޑޭ ފާހަގަކުރުމުގެ ގޮތުން އަތޮޅުތެރޭގައި ގާއިމްކުރެވިފައިވާ ބީއެމްއެލްގެ ބްރާންޗްތަކުގެ މުވައްޒަފުން އިސްނަގައިގެން މުޖުތަމައަށް އެހީތެރިވުމަށް ބޭއްވި ހަރަކާތްތަކެއްކަމަށެވެ.
ބީއެމްއެލް އިން ހާމަކުރިގޮތުގައި ވޯލްޑް ހިއުމަނިޓޭރިއަން ޑޭ ފާހަގަކުރުމުގެ ގޮތުން:
-ށ. ފުނަދޫ ގެ ބަނދަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ ހަޓް ވަނީ ތަރައްޤީކޮށް ތަން ސާފުކޮށް ކުލަލުމުގެ އިތުރުން ކުޑަދޮރުތަކުގައި ބްލައިންޑްސް ވަނީ ހަރުކޮށްފައެވެ.
– ނ. މަނަދޫގެ އިރުމަތީ ފަރާތުގެ އަތިރިމަތީ ސަރަހައްދުގައި 25 ޖޯލި ބަހައްޓައި ރަށުގެ ކުޑަކުދިން ބޭނުންކުރުމަށް ހާއްސަކޮށް އުނދޯލި ވަނީ ހަރުކޮށްފައެވެ.
– ފ. ނަލަންދޫ ބްރާންޗުގެ މުވައްޒަފުންވަނީ ނިލަންދޫ ބީޗް ސަރަހައްދުގައި ހުރި ޖޯލިތައް ބަދަލުކޮށް، ޑަސްޓްބިން ބަހައްޓައި، މޫދަށްދާ ފަރާތްތަކަށް ފެންވެރުމަށް ހާއްސަ ތަނެއް ގާއިމްކޮށް، ބާބަކިއު ސްޓޭންޑް ބަހައްޓައި، މި ސަރަހައްދުވަނީ އިތުރަށް ތަރައްޤީކުރެވުނެވެ.
– ތ. ގުރައިދޫ ބްރާންޗް މުވައްޒަފުންވަނީ އެރަށުގެ ޔޫތް ސެންޓަރުގެ އެތެރެ އާއި ބޭރު ފާރުގައި ކުލަލައި މި ސެންޓަރުގެ ހުރިހާ ލައިޓްތައް ބަދަލުކޮށްފައެވެ.
– ގދ. ތިނަދޫ ބްރާންޗުގެ މުވައްޒަފުން ވަނީ ރަށުގެ މިއުޒިއަމް ޕާކްގައި ކުލަލައި އެތަން ޒީނަތްތެރިކޮށްފައެވެ.
– އައްޑޫ ސިޓީ ހިތަދޫ ބްރާންޗުގެ މުވައްޒަފުންނާއި، ގަން ބްރާންޗުގެ މުވައްޒަފުންގެ އިތުރުން ބީއެމްއެލް ކޮންޓެކްޓް ސެންޓަރގެ މުވައްޒަފުން ގުޅިގެން ވަނީ ‘ހަންކެޑަ’ ޕިކްނިކް ސަރަހައްދު ސާފުކޮށް ޑަސްޓްބިން ބަހައްޓައި މި ސަރަހައްދު ފާހަގަކުރުމަށް ނަން ބޯޑު ބަހައްޓާފައެވެ.