ރިޕޯޓް
އެއީ އުފަލާއެކު ހިތާމަޔާއި ހިތްދަތި އިޙްސާސް ކުރިމަތިވި ދުވަހެއް!

އެއީ މީގެ 55 އަހަރުގެ ކުރީގެ ހަނދާނެކެވެ. އެދުވަހަކީ ދުލުން ބަޔާންކުރަން އުދަނގޫ އިޙްސާސްތަކެއް ހިތަށް ވެރިވެގެން ދިޔަ ދުވަހެކެވެ. އެދުވަހަކީ ނޭނގޭފަދަ އުފަލާކާއި ހިތްހަމަޖެހުމެއް ހިތަށް ލިބިގެން ދިޔަ ނަމަވެސް، ދެލޯ ކަރުނުން ފޯވެގެން ދިޔަ ދުވަހެކެވެ. ހިތުގައި އަދިވެސް ވަނީ ޝަކުވާއެވެ. އުފަލާ ހިތްހަމަޖެހުމާއެކު ފުދުންތެރި ދިރިއުޅުމެއް އުޅެމުން ދަނިކޮށް، ކަނޑުފޭރޭ ބަޔަކު ފަދައިން އައިސް، މުދާކޮޅު ފޭރި، ކުށެއް ނެތް ރައްޔިތުން ބިކަހާލުގައި ޖައްސައި ނިކަމެތިކޮށް، އަޚުންނާއި އުޚުތުން މަރައި، މުޅި ގެދޮރު އަންދާ އަޅިއަށް ހަދާލީ، ކޮން ކުށެއް ކޮށްގެންތޯ ކެނޑި ނޭޅި ހިތާ ހިތުން ސުވާލު ކުރވެއެވެ. ހަޤީޤަތުގައިވެސް ރަޙުމުގެ ކަންފުޅެއްވެސް ނެތީއެވެ. ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދޭން ލާޒިމްކުރާވާ ފަރާތުން އާދެ، ދިވެހި ދައުލަތުން ރަށެއްގެ ރައްޔިތުންގެ ދިރިއުޅުން ސުންނާފަތި ކޮށްލުމަކީ، ދުވަހަކުވެސް މަޢާފު ދެވޭނެ ކަމެއް ނޫނެވެ. އެހިތި ހަނދާންތައް ރޯކޮށްހުރި ޒަޚަމެއް ފަދައިން ހިތުގައި މިއަދުވެސް ބިންވަޅު ނެގިފައިވެއެވެ. އެހިތްދަތި އިހްސާސްތަށް ހިތަށް ވެރިވުމުން، އެކަން ތަޖުރިބާކޮށްފައިވާ ފަރާތްތަކުގެ ލޮލުން މިއަދުވެސް ކަރުނަ ފޫއްދާލައެވެ.

ދެފައިތިލަ ތިނަދޫ ފަސްގަނޑުގައި ބީއްސާލުމުން، އާދަޔާ ޚިލާފު ހިތްވަރެއް ލިބިގެން ދިޔައެވެ. ދިރިއުޅުމުގެ އުންމީދު އާވެގެންދިޔައެވެ. އާ އަޒުމެއް ހިތުގައި ކަނޑައެޅިގެން ދިޔައެވެ. ދިރިއުޅުން ކުރީގެ ހާލަތަށް އަނބުރާ ގެންދިޔުމެވެ. ބޯހިޔާވަހިކަމެއް ނެތި ފަޅުރަށްރަށުގައި، ތުއްތު ތުއްތު ކުޑަކުދީން، ކާލާނެ އެއްޗެއް ނެތި ބަޑުހައި ހޫނުކަމުގައި އެންމެ ފަހުނޭވާ ދޫކުރާ މަންޒަރު ގޮތް ހުސްވެފައި ތިބެ ބަލަން ކެތްވާނީ ކޮން މައިންބަފައިންނަކަށްތޯއެވެ. ހިތްވަރު ކަށިންނެރެ، ދެން އެފުރުޞަތު ނުދީ، ދިރިއުޅުމާއިގެން ކުރިޔަށްދިޔުމަށް އާރޫހެއް ހިތުގައި އާލާވެގެން ދިޔައެވެ.

ކޮންމެއަކަސް މިއީ އެދުވަސް ހަމަލޮލަށް ފެނުނު މީހުންގެ އިޙްސާސް ތަކެވެ. އެއީ ތިނަދޫ ދެވަނަ ފަހަރަށް އާބާދުވެ މީހުން ދިރިއުޅެން ހުއްދަލިބުނު ދުވަހެވެ. އެއީ އުފަލާއެކު ހިތާމަޔާއި ހިތްދަތި އިޙްސާސްތަކެއް ކުރިމަތިވެގެން ދިޔަ ދުވަހެކެވެ. އަމިއްލަ ގެދޮރާއި، ބުރަމަސައްކަތުން ހޯދިތަކެތި ވީރާނާ ވެފައިވާ މަންޒަރު ފެނުމުން އެމަސައްކަތުގައި އުޅުނު ފަރާތްތަކަށް ފުން އަސަރު ކުރާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

ހަތަރު ހާސް ވަރަކަށް އާބާދީއެއް އޮތް ހަވަރުތިނަދޫން މީހުން ބޭލުމަށްފަހު ދިވެހިސަރުކާރުން ރަށުގައި ވަޒަންވެރިވުމުގެ ހުއްދަ ދިނީ ހަމައެކަނި އެރަށުގެ މީހުންނަކަށް ނޫނެވެ. ވަޒަންވެރިވުމަށް ބޭނުންވާ ކޮންމެ ފަރާތަކަށް އެފުރުޞަތު ހުޅުވާލެވުނެވެ. މިހެން މިކަން އޮތް ނަމަވެސް، ތިނަދޫގައި ދެވަނަފަހަރަށް ވަޒަންވެރިވީ ތިނަދޫއަށް އުފަން މީހުންނާއި، އެމީހުންގެ ދަރީންނެވެ.

އެތަކެއް ހިތާމަޔާއި ހިތްދަތިކަމާއި ބިރުވެރކަމާއި، ދަތި ހާލުގައި އަތޮޅާއި ރާއްޖޭގެ ކަންކޮޅުތަކުގައި އުޅުމަށްފަހު އަމިއްލަ ރަށަށް އާދެވުމުގެ އުފާ ގިނަފަރާތަކަށް ދަންނަވަންވެސް ދައްޗެވެ. އަނބުރާ ތިނަދޫއަށް އާދެވުނު އިރު، މަދުބައެއްގެ އަތުގައި ނޫނީ، އުދަލި، ކަތިވަޅި، ފުރޯ ފަދަ ތަކެތި ނެތެވެ. އެހެނަސް އެންމެންގެ ހިތަށްވެސް ވެރިވެފައިވަނީ ބަޔާން ކޮށްދޭންވެސް ދަތި އުފަލަކާއި ހިތްހަމަޖެހުމެކެވެ. ފުރަތަމަވެސް ދެވުނީ އަމިއްލަ ގެޔާއި ގެދޮރު ހުރި ހާލަތެއް ބަލާލުމަށެވެ. މަގުމައްޗާއި، މީހުންގެ ގޯތި ގެދޮރުގައި ވަނީ ގަސްފަޅައި ވީރާނާވެފައެވެ. މީހުން ކުރިން ދިރިއުޅެފައިވާކަމުގެ ނިޝާންތަށް ހުރިކަމުގައި ވިޔަސް މުޅި ރަށްވަނީ ފަޅުރަށަކަށް ބަދަލުވެފައެވެ.

ގެތަކުގެ ފުރާޅުގައި ހުރި ޓިނުކޮޅާއި، މަތިވަޑާން އަރުވާފައި ހުރި ލަކުނޑި ކޮޅާއި. ތަކެތިވެސް ވަނީ ލޫޓުވާފައެވެ. ސާފުކުރެވުނު މިންވަރަކަށް އަތުން ގަސްއުފުރައި، ވިނަ ނޮޅައި ސާފުކޮށް ވީވަރެއްކޮށްފައި އިރުއޮއްސެން ކައިރިވުމުން، ދެން އަވަސްވެގަތީ ބޯހިޔާކޮށްލާނެ ބޯހިޔަލެއް ހެދުމަށެވެ. އުވައިން ރާނާފައިހުރި، ދެފާރުބުރި މައްޗަށް ހިކިފަންކޮޅެއް އަރުވައިގެން ބޯހިޔާކޮށްލާނެ ތަންކޮޅެއް ހެދީމެއެވެ. ދެން ވިސްނަން ޖެހުނީ، ރޭގަނޑުގެ ކެއުމުގެ އިންތިޒާމް ހަމަޖެއްސުމަށެވެ. ކަތިވަޅިން ބުރިކޮށްފައި އޮތް ކުރެދި ހިމަ ދަނޑިގަޑެއް ހިފައިގެން ފުއްޓަރުފަރާތު ފަރުމައްޗަށް އެރި ހިފުނު ދެތިން ލަނޑާ، ފިހެގެން ކާއްޓާއި މަހާއި ރޭގަނޑު ކެއުމަށް ކުޑަ ދެކުދިންނާއެކު ދެމަފިރިން ކެއީމެވެ. ރޭގަނޑުގައި ނިދަންޖެހުނީ، ބިންމަތީގައި ފަންއަޅައިގެން ފަންމަތީގައި މަގޫގަހުގެ ކުރި ބިނދެގެން އަޅައިގެންނެވެ. ތިނަދޫ ފަސްގަނޑުގައި އެދަތި ހާލުގައިވެސް ނިދާލާނެ ފުރުޞަތު ލިބުނީތީ ﷲ ހަޒްރަތުގައި ދުޢާދެންނެވީމެވެ. ދުވާލުގެ ބުރަމަސައްކަތުގެ ބުރަކަމުންނާއި، ލިބިފައިވާ އުފަލަކާއި ހިތްހަމަޖެހުމެއްގެ ސަބަބުން އުފަލުން އާދަޔާޚިލާފު ގަދަ ނިންޖަކުން ނިދާލެވުނެވެ. ފަތިހަށް ހޭލާ ދޫނިތަކުގެ އަޑު ފެށެންދެން އަރާމު ނިދީގައި ނިދާލެވުނެވެ. އެއީ ތިނަދޫ ފަސްގަނޑު ދޫކޮށްފައި ފޭބިފަހުން ހަމަޔަށް ހިތްފުރެންދެން ނިދާލެވުނު ފުރަތަމަ ރެއެވެ.

މިއީ އަޅުގަނޑުމެންގެ ކާބަފައިންގެ ތެރެއިން މިހާދިސާ އަމިއްލަޔަށް ތަޖުރިބާކުރި ފަރާތްތަކުގެ އިޙްސާސްތަކެވެ. ވަކި ފަރާތެއްގެ ނަން ހާމަނުކުރީ، އެފަރާތުން  އެކަން ހާމަކުރަން ބޭނުން ނުވާތީއެވެ. މުޅި ދިރިއުޅުން ސުންނާފަތިކޮށްލުމުންވެސް، ނުގުޑާފަދަ އަޒުމާއި ހިތްވަރުން، ކާބަފައިންގެ މަސައްކަތުން މިތިނަދޫ، މުޅި އަތޮޅުގެ އެންމެ ތަރައްޤީ ރަށަށް މިއަދު މިވަނީ ބަދަލު ކޮށްލާފައެވެ. މިކާމިޔާބީގެ ސިއްރަކީ، މިފަސްގަނޑަށްޓަކައި، އަޅުގަނޑުމެންގެ ކާބަފައިން ހިތުގައި އޮތް ލޯތްބާއި  ޤަދަރެވެ. ދެވަނަ ފަހަރަށް ތިނަދޫ އާބާދުވުމުގެ 55 އަހަރު ނުވަތަ ބައި ގަރުނު އަޅުގަނޑުމެން މިއަދު ފާހަގަ ކުރަމުންދާއިރު، އަޅުގަނޑުމެންގެ ކާބަފައިންގެ ހިތްވަރު ފާހަގަކޮށް، މިލޮބުވެތި ފަސްގަނޑަށްޓަކައި ވެފައިވާ ޤުރުބާނީ، ފާހަގަ ކުރަންޖެހެއެވެ. އެލޯބި ޒުވާނުންގެ ހިތްތަކުގައި އާލާކުރަންޖެހެއެވެ. އަޅުގަނޑުމެން މިދެކޭފަދަ ތަރައްޤީ ރަށަކަށް ތިނަދޫ ބަދަލުވެފައިވަނީ ތިނަދޫއަށް އުފަން ތިނަދޫ ދަރީންގެ ވަޠަނީ ލޯތްބާއި ނުގުޑާފަދަ އަޒުމެވެ. މިލޮބުވެތި ފަސްގަނޑު އަޅުގަނޑުމެންނާއި ހަމަޔަށް ފޯރުކޮށްދިނުމަށް ގަދައަޅައި މަސައްކަތްކޮށްފައިވާ އެންމެހާ ލޮބުވެތި ކާބަފައިންނަށް މާތްﷲ ހެޔޮރަޙުމަތް ލައްވާށި. ޝައްކެތްނެތް ގޮތުގައި ތިނަދޫ ދެވަނަފަހަރަށް އާބާދުވި ދުވަހަކީ، އުފަލާއެކު ހިތާމަޔާއި ހިތްދަތިކަން އިޙްސާސް ކުރިމަތިކުރުވި ދުވަހެކެވެ.

  1. ޥާވުނޫނޫ

    ގައްދޫއަން އަރައި ތެހެލާން ގުރުޢާން ކޭވޫނުން ފޭރުންނޫ މިކޮމެންޓާ ޖަހައި.ހަހަ