ފެންޑާ
ނުރަ ކަޅުކޮށްލަން އަލުވި ވަރެއް ނެތް

އަލުވިއަކީ ހަށިގަނޑަށް ފައިދާ ހުރި ތަރުކާރީއެއްގެ އިތުރުން ބޮލުގެ އިސްތަށިގަނޑަށާއި ހަމުގެ ކުލަ އަލިކޮށްދޭ އޭގައި ވަރަށް ގިނަ ފައިދާ ހިމެނޭ ބާވަތެކެވެ.

އަލުވިއަކީ ވިޓަމިންސް އޭ، ބީ6، ސީ، ޑީ އަދި އީ އާއި އަޔަން، ޒިންކް، ކޮޕަރ، ކެލްސިއަމް، ޕޮޓޭސިއަމް، ނިއޭސިން އަދި މެގްނީޒިއަމް ހިމެނޭ ތަރުކާރީ އެކެވެ. އިސްތަށިފޭބުން ހުއްޓުވުމަށާއި ނުރަ އިސްތަށި ކަޅުކުރުމަށްވެސް އަލުވި ބޭނުން ކުރެވިދާނެއެވެ.

އަލުވީގައި ހިމެނޭ ފޮސްފަރަސް، އަޔަން، ކެލްސިއަމް، ފައިބަރސް، ޕޮޓޭސިއަމް، ޕްރޮޓީންސް އަދި ވިޓަމިންސް އޭ، ބީ އަދި ސީގެ ސަބަބުން އިސްތަށިގަނޑު ތުނިވިޔަ ނުދީ ވަރުގަދަ އިސްތަށިގަނޑެއް ބެހެއްޓުމަށް އެހީތެރިވެދެއެވެ. ހަމައެގޮތަށް އަލުވީގެ ތޮށި ބޭނުންކޮށްގެން ނުރަ އިސްތަށްޓަށް ދާއިމީ ކަޅުކަމެއް ގެނުވިދާނެއެވެ. އެގޮތުން ބަލާލާއިރު ތިރީގައި މިހިމަނާލަނީ އަލުވި ބޭނުންކޮށްގެން ބޮލުގައި ހުންނަ ނުރަ ކަޅުކުރެވިދާނެ ގޮތަކަށެވެ.

އަލުވިތޮށީގެ ފެނުން އާދަވެ ބޯދޮވުމުން ނުރަތައް ކަޅުވެ އޮފުކަމާއި ތާޒާކަން ގެނެސްދެއެވެ. އަލުވީގައި ހުންނަ ސްޓާރޗުގެ ސަބަބުން ނުރަ ކަޅުވެއެވެ.

އަލުވި ތޮށީގެ ފެން ތައްޔާރުކުރުމަށް  އަލުވި ތޮށި އަޅާފައި ފެންއަޅާފައި 25 މިނުޓްވަންދެން ކައްކާލާށެވެ. އުދުން މަތިން ތެލި ބޭލުމަށްފަހު 15 މިނުޓްވަންދެން ބަހައްޓާށެވެ. އޭގެފަހުގައި އެފެން ފުރާނާލާފައި ތޮށިތައް އުކާލާށެވެ. ދެން  އެސެންޝަލް އޮއިލްގެ ދެތިން ތިކި ފެންފޮދަށް ޖަހާށެވެ.

ޝޭމްޕޫ އާއި ކޮންޑިޝަނަރ އަކުން ރަނގަޅަށް ބޯދޮވުމަށްފަހު  އިސްތަށިގަނޑު ބައިބަޔަށް ބައިކޮށްލާށެވެ. އެކަށީގެންވާ ވަރަށް އިސްތަށިގަނޑަށް އަލުވި ފެންއަޅައިގެން ބޯދޮންނާށެވެ. ބޮލުގެ ހަންގަނޑުގައި ޖެހޭވަރަށް ތެންމަންވާނެއެވެ. އޭގެފަހުގައި އައިސް ފެނުން ބޯދޮވެލާށެވެ.

ހަފުތާއަކު ތިނެއް ނުވަތަ ހަތަރު ދުވަހު މިގޮތަށް އަލުވި ފެނުން ބޯދޮންނަންވާނެއެވެ.

މީގެ އިތުރުންވެސް އަލުވި އަކީ އިސްތަށިގަނޑަށް ވަރަށް ފައިދާހުރި ބާވަތެކެވެ. އެކި މީހުން އަލުވިގެ ބޭނުން ކުރަނީ އެކި ގޮތަށެވެ. ބައެއް މީހުން އިސްތަށިގަނޑު ދިގުކޮށް ވަރުގަދަކުރުމަށް އަލުވި ބޭނުންކުރާއިރު އަނެއްބައި މީހުން އަލުވި ބޭނުންކުރަނީ އިސްތަށި ފޭބުން ހުއްޓުވާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!