ޚަބަރު
ޤައުމީ ސްކައުޓް ޔޫތް ކައުންސިލްއަށް ތިނަދޫގެ ތިން ކުދިންހޮވިއްޖެ

ޤައުމީ ސްކައުޓް ޔޫތް ކައުންސިލްގެ ވައިސް ޗެއަރޕާސަންއަކަށް ގދ.ތިނަދޫގެ ކުއްޖަކު ހޮވިއްޖެއެވެ.

އެކައުންސިލުން ނެގި ފެންނަ ނުފެންނަ ވޯޓަކުން ތިންދޫއަށް ނިސްބަތްވާ ތިން ކުދިން މިވަނީ ޤައުމީ ސްކައުޓް ޔޫތް ކައުންސިލްގައި ހިމެނިފައެވެ. އެގޮތުން ބަލާއިރު ވައިސް ޗެއަރޕާސަންއަކަށް ހޮވިފައިވަނީ އަހުމަދިއްޔާ ސްކައުޓް ގްރޫޕްގެ އަނޫފް އަބްދުﷲ އަދި ފާތިމަތު  ޘާނީ އަބްދުލް ވާހިދު އާއި ހުސެއިން އާހިލް ވަހީދު ( ހޯޕް ފޯރ ވުމަން ސްކައުޓް ގްރޫޕް ) ހޮވިފައިވަނީ އެކައުންސިލުގެ މެމްބަރުންގެ ގޮތުގައެވެ. މިތިންކުދިންނަކީވެސް ގދ.ތިނަދޫއަށް ނިސްބަތްވާ ކުދިންނެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވުނު ޤައުމީ ސްކައުޓް ކައުންސިލުގެ އިންތިޚާބުން 7 ރޯވާ ވަނީ ހޮވާފައެވެ. ކައުންސިލުގެ ޗެއަރ ޕާސަންއަކަށް ހޮވިފައިވަނީ އަރަބިއްޔާ ސްކައުޓް ގްރޫޕްގެ އިސްމައިލް އީމާން އަހުމަދުއެވެ. ޗެއަރޕާސަންއަށް ޤައުމީ ސްކައުޓް ކައުންސިލުން ފުރުސަތު ލިބިގެންދާއިރު ވައިސް ޗެއާމަނަށް ހޮވުނު އަނޫފްއަށް އެގްޒެކެޓިވް ކޮމިޓީއިން ފުރުސަތު ލިބިގެންދާނެއެވެ.

ކުރިޔަށް އޮތް ތިންއަހަރަށް ހޮވާފައިވާ މިކައުންސިލުގައި ހިމެނޭ އިތުރު މެމްބަރުންގެ ތެރޭގައި ފަރުހާން އަބްދުލް ގާދިރު ( ގަލޮޅު މަދަރުސާ ސްކައުޓް ގްރޫޕް )، ފާތިމަތު އިއާޝާ ( އިހަވަންދޫ ކޮމިއުނިޓީ ސްކައުޓް ގްރޫޕް ) އަދި ފާހިމް ނަސީރު ( އަރަބިއްޔާ ސްކައުޓް ގްރޫޕް ) ހިމެނެއެވެ.

ތިނަދޫގެ ތިންކުދިން މިކައުންސިލުގައި ހިމެނިގެން ދިޔުމަކީ ތިނަދޫއަށް ލިބުނު ފަޚުރެކެވެ.