ފެންޑާ
މެރީގެ ގެއްލިފައިވާ ހުނަރު އެނގުނީ، ލޮކްޑައުންގެ ސަބަބުން

މުޅި ދުނިޔެއަށް ކުރިމަތިވެފައިމިވާ ކޮރޯނާ ވައިރަސްގެ އާލަމީ ވަބާގެ ސަބަބުން ވަޒީފާގެއްލުމުން ފިލިޕީންސްގެ އަންހެނެއް ތަފާތުގޮތަކަށް އޭނާގެ ހުނަރު ދައްކާލައިފިއެވެ.

މިއަންހެން މީހާ ކޮރޯނާ ވައިރަސްގެ ކުރިން މަސައްކަތް ކުރަމުންދިޔައީ ފެކްޓަރީއެއްގައެވެ. ނަމަވެސް ކޮރޯނާވައިރަސްގެ ސަބަބުން ވަޒީފާ ގެއްލި ގޮތް ހުސްވީއެވެ. އެކަމަކު ފިލިޕީންސްގެ ލަގޫނާއަށް ނިސްބަތްވާ މޭރީ މެއި ޑެކްނެއި އޭނާގެ ހުނަރު ބޭނުންކޮށްގެން އާމްދަނީ ހޯދުމަށް ކޮށްލީ ވަރަށްވެސް ތަފާތު ކަމެކެވެ. އެގޮތުން “ލީފް އާރޓް” ގެ ހުނަރުން އޭނާގެ ހުނަރު ދައްކާލައި ކޮވިޑް-19 ގެ މިހާލަތުގައި ދިރިއުޅުމަށް އާމްދަނީ ހޯދުމަށް އޭނާ ކުރި މަސައްކަތް މިވަނީ ވަރަށްވެސް ކާމިޔާބު މަސައްކަތަކަށްވެފައެވެ.

އޭނާ އުފައްދާފައިވާ އާރޓްތަކުގެ ތެރޭގައި އެންމެ ފާހަނގަ ކޮށްލެވޭ ކަމަކީ، ކޮވިޑްގެ މިހާލަތުން އަރައިގަތުމަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ އެންމެހާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ކޮށްފައިވާ ކަންތަކެވެ. އެގޮތުން ފަތެއްގެ ތެރޭގައި މާސްކް އެޅި ނަރުހުންނާއި ޑޮކްޓަރުން އަދި އެހެނިހެން ގޮތްގޮތަށްވެސް ހިތްވަރުދިނުމުގެ ބަސްތަކެއްވެސް އަޅާފައިވެއެވެ.

އޭގެ އިތުރުން މަޝްހޫރު ބައެއް ފަރާތްތަކުގެ ޕޯޓްރެއިޓްވެސް އޭނާ ވަނީ އޭނާގެ ތަފާތު ހުނަރުން ދައްކާލާފައެވެ. އެގޮތުން އެމެރިކާގެ މަޝްހޫރު ޓޯކް ޝޯވް ހޯސްޓް ކަމުގައިވާ އޮޕްރާ ވިންފްރީ، މައިކަލް ޖެކްސަން، ރޮބާޓް ޑޯވްނީ ޖޫނިއަރގެ އިތުރުން ފިލިޕީންސްގެ ރައީސް ރޯޑްރިގޯ ދުތޭރްތޭ ގެ ޕޯޓްރެއިޓް ތައް ހިމެނެއެވެ.

މިކަމާ ގުޅޭގޮތުން މޭރީ ބުނީ، އޭނާއަކީ ކޮރޯނާވައިރަސްގެ ކުރިން ވަރަށް އާންމު ދިރިއުޅުމެއް އުޅެމުން އައި ފަރާތެއް ކަމަށާއި، ނަމަވެސް އޭނާ މަސައްކަތް ކުރަމުންދިޔަ ކުންފުނީގެ ވަޒީފާ ގެއްލުމުން މިމަސައްކަތް ފެށީ އާމްދަނީ ހޯދުމަށް ކަމަށެވެ. އެގޮތުން އޭނާގެ އާރޓް ވޯކްތައް ވިއްކައި އުޅެނީ 4-8 ޔޫއެސް ޑޮލަރަށް ކަމަށެވެ.

މޭރީ މިވަނީ ކޮންމެ ފަދަ ހާލަތެއްގައިވެސް ތިމާގެ ހުންނަ ހުނަރެއް ބޭނުންކޮށްގެން އަމިއްލަ ބުރަ މަސައްކަތުން ކެތްތެރިކަމާއެކު ކަމެއް ހާސިލުކުރުމަށް މަސައްކަތް ކޮށްފި ނަމަ ކޮންމެ ކަމަކީވެސް ކާމިޔާބުވާނެ ކަމެއް ކަމުގައި މުޅި ދުނިޔެއަށް ދައްކާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!