ގދ.ތިނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ ފެނަވަ ފޭސްގެ މަސައްކަތްތައް ފެށުމަށްޓަކައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި(އާރު.ޑީ.ސީ) ތިނަދޫ ކައުންސިލާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު ހެދުނު ތިނަދޫ ކައުންސިލް އިދާރާގައި ބޭއްވުނު މިބައްދަލުވުމުގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީވެސް ބައިވެރިވެރިވެ ވަޑައިގަތެވެ.
މިބައްދަލުވުމުގައި ތިނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ ފޭސް2 ގެ ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމަށް އާރު.ޑީ.ސީއިން ނިންމާފައިވާގޮތާއި އެމީހުންގެ ޕްލޭން ވަނީ ކައުންސިލާއި ހިއްސާކޮށްފައެވެ.
އެގޮތުން ބަލާއިރު ފޭސް 1ގައި ދިމާވާ މައްސަލަތަކަށް ރިއާޔަތްކޮށް ތިނަދޫގެ ފެންހިންދާ ނިޒާމަށް ހައްލު ލިބިގެންދާނެ ގޮތަށް އާރު.ޑީ.ސީން ވަނީ ޕްލޭން ތައްޔާރުކޮށްފައެވެ.
ތިނަދޫގެ މަގުތަކުގައި ތާރު އަޅާފައިހުރިނަމަވެސް ރައްޔިތުން ދަނީ ގިނަ ދަތިތަކާއި ކުރިމަތިލަމުންނެވެ. ވާރޭ ވެހޭ ދުވަސްތަކުގައި ތާރުމަގުތަކުގައި ފެންބޮޑުވެ ފެންހިންދާ ނިޒާމުގެ މައްސަލަތަކާއި، މަގުތަކުގެ ކާނު ހަލާކުވެފަ ހުރުމުގެ ސަބަބުން ދުއްވާ އެއްޗެހީގެ އިތުރުން ހިނގާ ބިނގާ އުޅޭ މީހުންނަށްވެސް ވަނީ އުދަގޫތަކާ ކުރިމަތިލާންޖެހިފައެވެ.
ތިނަދޫ ތާރު އެޅުމުގެ ފޭސް 1 ގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެންހިންދާ ނިޒާމުގެ މައްސަލައެވެ. އެހެން ކަމުން ފޭސް 2 ގައި މިކަމަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށް އާރ.ޑީ.ސީއިން ވަނީ ހާމަކޮށްފައެވެ.