ޚަބަރު
ބަރުލަމާނީ ޕެޓިޝަނުގައި ހުވަދުއަތޮޅުގެ ދެމެމްބަރަކު ސޮއިކޮށްފި

ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް ތައްޔާރުކޮށްފައިވާ ޕެޓިޝަނުގައި ހުވަދު އަތޮޅުގެ ދެ މެމްބަރަކު ސޮއިކޮށްފިއެވެ.

ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމް.ޑީ.ޕީން ތައްޔާރުކޮށްފައިވާ ޕެޓިޝަނުގައި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވެސް ވަނީ މިޕެޓިޝަނުގައި ސޮއިކޮށްފައެވެ.

ގާނޫނީ ވަކީލު އަހުމަދު ނިޝާން އިބްރާހީމް އާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އިސްނަގައިގެން ފެށި ޕެޓިޝަންގެ އަމާޒަކީ 100 ދުވަސްތެރޭ 100000 މީހުންގެ ސޮއި ހޯދުމެވެ. މިޕެޓިޝަނަށް މިހާތަނަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

މިޕެޓިޝަނުގައި ސޮއި ކުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިޔަށް ގެންދާނެކަމަށް އެމް.ޑީ.ޕީން ވަނީ ހާމަކޮށްފައެވެ. އަދި ވީހާވެސް ގިނަ މީހުން މިޕެޓިޝަނުގައި ސޮއިކޮށްދެއްވުމަށް ނަޝީދުވަނީ ގޮވާލައްވާފައެވެ.

2023ވަނަ އަހަރު ރިޔާސީ އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި ރާއްޖޭގެ ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖުލީހުން ކަމަށާއި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރުގެ މަޤާމަށް އަންނަން ބޭނުންފުޅުވާކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވަނީ ރާއްޖޭގައި އޮތުން އެންމެ ލާޒިމް ވަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!