ޚަބަރު
ރައީސް ޔާމީންގެ ޓީމެއް ފަރެސްމާތޮޑާ އެއަރޕޯޓަށް

ފަރެސްމާތޮޑާގައި މިހާރު ހަދަމުންގެންދާ އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްޓަކާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ފަރާތުން ޓީމެއް އެތަން ބައްލަވާލެއްވުމަށް އިއްޔެ ވަޑައިގެންފިއެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފްގެ އިތުރުން މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ނައިބް ލީޑަރު  ޢައްސާން މައުމޫން އާއި އަހުމަދު ޝިޔާމް އާއި ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ ހިމެނިވަޑައިގަންނަވާ މިޓީމުން ފަރެސްމާތޮޑާ އެއަރޕޯޓަށް ޒިޔާރަތް ކުރެއްވުމަށްފަހު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ގދ. ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ވިދާޅުވީ، ރައީސް ޔާމީންގެ އެދިލެއްވުމަކަށް ކުރި ދަތުރަކީ އެތަނުގެ މަސައްކަތް ހިގާނުހިގާ ގޮތް ބެލުމާއި މިހާރު މަސައްކަތް ދާގޮތް އަވަސް ކުރުމަށް ބާރުއެޅުމަށް ކަމަށެވެ.

ފައިހަތު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ފަރެސްމާތޮޑާގައި ވެސް އަދި އެހެން ތަނެއްގައިވެސް ތަރައްގީގެ މަޝްރޫއުތައް ފައްޓަވާފައިވަނީ ވީއެންމެ އަވަހަކަށް މަޝްރޫއު ނިންމާ ޚިދުމަތްދޭން ފެށުމުގެ ޕޮލިސީގައި ކަމަށާއި އެގޮތުން ފަރެސްމާތޮޑާގެ އެއަރޕޯޓުގެ މަސައްކަތް ނިންމަން މާލަސްވެއްޖެ ކަމަށެވެ. އަދި އެމަސައްކަތުގެ ސްޕީޑްއ އަވަސް ކުރަން ޖެހޭ ކަމަށްވެސް ފައިހަތު ވިދާޅުވިއެވެ.

އަދި ފަރެސްމާތޮޑާ އެއަރޕޯޓަކީ ރައީސް ޔާމީން ފަރެސްމާތޮޑާ ދާއިރާއަށް ކޮށްދެއްވަން ބޭނުންވާ ވަރަށްބޮޑު ހިދުމަތެއް ކަމަށާއި، އެމަޝްރޫއު ރައީސް ޔާމީން ފެއްޓެވީ ލަސްނުކޮށް ހިދުމަތް ފެއްޓެވުމަށް ކަމަށްވެސް ފައިހަތު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިތުރު ތާއީދު ހޯއްދެވުމާއި، ޕީޕީއެމްއަށް މެންބަރުން އިތުރުކުރުމަށް “މަވެސް ޕީޕީއެމް” ނަމުގައި މުޅިރާއްޖެއަށް ފެއްޓެވި ދަތުރެކެވެ. ޕީޕީއެމްގެ ޓީމް ހުވަދު އަތޮޅަށް ވަޑައިގެން އެކިރަށްރަށަށް ކުރައްވާ ދަތުރުގެ ތެރެއިން ހާއްސަ ދަތުރެއް ފަރެސްމާތޮޑާގެ މަސައްކަތް ބައްލަވާލެއްވުމަށް ވަޑައިގަތުމުން އެއަރޕޯޓުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީއިން ވަނީ ޕީޕީއެމްގެ ޓީމަށް ވަރަށް ބޮޑު އެއްބާރުލުމެއްދީ ޕީޕީއެމްގެ ޓީމަށް އެއަރޕޯޓުގައި މިހާރު ހިނގަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު އަރުވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!