ޚަބަރު
ޔާމީން ސަރުކާރުގައި ސީރިޔާގެ ހަގުރާމައަށް ދިވެހިން ފޮނުވާފައިވޭ: ސަނީފް

ޔާމީންގެ ސަރުކާރުގައި ސީރިޔާގައި ހިނގާ ހަގުރާމަތަކުގައި ބައިވެރިވާން ދިވެހިން ފޮނުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް (ސަންނަ) ތުހުމަތު ކުރައްވައިފިއެވެ.

އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ކުށް ތަފްސީލު ކުރާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހުގެ އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ސަނީފް ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުގައި ދައުލަތުން ސީރިޔާއަށް ދިވެހިން ފޮނުވާފައިވާކަމަށާއި ދީނީ ހަރުކަށި ފިކުރަށް ޖަގާ އެންމެ ބޮޑަށް ދީފައި އޮތީ ޔާމީންގެ ސަރުކާރުގައި ކަމަށެވެ.

ޔާމީންގެ ސަރުކާރުގައި މަރާލާފައިފާ ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީ އާއި ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ވާހަކަ ސަނީފް ވަނީ ފާހަގަ ކުރައްވާފައެވެ. އެމައްސަލަތަކުގެ ތަހުޤީގަށް ޔާމީންގެ ސަރުކާރުގައި ހުރަސް އެޅިކަމަށާއި އެމައްސަލައިގެ އެއްވެސް ހެއްކެއް މިހާތަނަށް ހޯދިފައިނުވުމުން އެސަރުކާރަށް އިނގިލި ދިއްކުރެވޭނެ ކަމެއް ކަމަށް ސަނީފް ވިދާޅުވިއެވެ.

“އަފްރާޝީމް މަރާލި ދުވަހު ސްޓެލްކޯ ސަރަހައްދުގައި ހުރި ސީސީޓީވީ ގެއްލުމަކީ އާއްމުންގެ ހިތުގައި ސުވާލު އުފެދޭނެ ކަމެއް. ރިލްވާން މަރާލުމާއި އޭގައި ހިމެނޭ މީހުން ރާއްޖެއިން ބޭރަށް ފުރުމަކީ އޭރުގެ ދައުލަތަށް އިނގިލި ދިއްކުރެވޭނެ ކަންކަން” – މަޖިލީހުގެ ތިނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް

މީގެ އިތުރުން ރިލްވާންގެ މައްސަލާގައި ހިމެނޭ މީހުންވެސް ސީރިޔާއަށް ފޮނުވާފައިވަނީ އޭރުގެ ސަރުކާރުން ކަމަށް ސަނީފް ވަނީ ތުހުމަތުކުރައްވާފައެވެ. އަދި އެސަރުކާރުން ސީރިޔާއަށް ފޮނުވި މީހުން ރާއްޖެ ގެނެސް ހުރިހާ ތަކުލީފެއް އުފުލަން ޖެހުނީ މިސަރުކާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!