ފަރެސްމާތޮޑާ ފެނަކައިން ކަނޑާލި މުވައްޒަފުންނަކީ ނާޤާބިލް މުވައްޒަފުން ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީއެންސީ ޕީޕީއެމްގެ ނައިބްރައީސް ފަރެސްމާތޮޑާއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަތް ފެނަކައިގެ މުވައްޒަފުންތަކެއް ވަޒީފާއިން ކަޑާލި މައްސަލަ މީޑިޔާގައި ހޫނުވެފައިވަނިކޮށް ފެނަކައިން މިވަނީ އެކަން ދޮގުކުރައްވައި ޓްވީޓެއްކޮށްފައެވެ.
ފެނަކައިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް އެއްވެސް މުވައްޒިފަކު ވަކިކޮށްފައި ނުވާކަމަށާއި ވަޒީފައިން ވަކިކުރި މުވައްޒިފުން ވަޒީފާއިން ވަކިކޮށްފައިވަނީ ފެނަކައިގެ މަޝްރޫޢެއްގައި 3 މަސްދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން މަސައްކަތްކުރަމުންދިޔަ 4 މުވައްޒަފެއްކަމަށެވެ.
ސިޔާސީ އެއްވެސް މަޤްޞަދެއް ޙާޞިލްކުރުމަށްޓަކައި ފެނަކައިގެ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވަމެވެ.
ފެނަކައިގެ މަޝްރޫޢެއްގައި 3 މަސްދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން މަސައްކަތްކުރަމުންދިޔަ 4 މުވައްޒަފެއް ވަކިކޮށްފައިވަނީ- (1/2)
— Fenaka Corporation Ltd (@TeamFenaka) August 24, 2021
(2/2) އެމުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤާއި، ކުރަން ހަވާލްކުރާ މަސައްކަތަށް ގާބިލް މުވައްޒަފުން ނޫންކަމަށް ފެންނާތީ ކަމުގައި ދެންނެވީމެވެ.
ބައެއް މީޑިއާތަކުން ކަމުގެ ހަގީގަތް އޮޅުވާލުމަށް ދޮގު ހަބަރު ޝާއިއުކުރުމަކީ މިކުންފުނިން ކަންބޮޑުވާ ކަމެއް ކަމުގައި ދެކެމެވެ.— Fenaka Corporation Ltd (@TeamFenaka) August 24, 2021
ފެނަކައިން ބުނާގޮތުގައި ކަޑާލި މުވައްޒަފުންނަކީ އެމުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤާއި، ކުރަން ހަވާލްކުރާ މަސައްކަތަށް ގާބިލް މުވައްޒަފުން ނޫންކަމަށް ފެންނާތީ ކަމުގައެވެ. އަދި މީޑިޔާތަކުން ދޮގު ޚަބަރު ފަތުރަމުންދާތީ ފެނަކައިންވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގދ.އަތޮޅަށް ކުރަމުންދާ ދަތުރުގައި ފަރެސްމާތޮޑާއަށް ޒިޔާރަތްކުރި ދުވަހު އެރަށު ބަނދަރު ސަރަހައްދުން، އެރަށުގެ ފެނަކާގައި މަސައްކަތްކުރާ ބައެއް ޒުވާނުންނާއި ސަލާމްކުރުމުން، އެ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. އަދި އެއީ އަނިޔާވެރިކަންކަމަށް ސިފަކުރައްވާ އެކަން ވަރަށް އަވަހަށް ނިމޭނެކަމަށް ވިދާޅުވެފައެވެ.
ގާބިލް ވީ ކިހިނެއް ވައްކަމުންތަ ހެެހެހެެ
ނާގާބިލް ނާތަހުޒީބު އިސްތިއުފަ
ސައިދު ކަލޭ އެއްބަސްވާނެތަ؟ތީ ކާކުކަން ނޭގޭމީހަކު މިގައުމުގަ ނުހުންނާނެ.ނަހަދާނެ ތެދެއް.