ޚަބަރު
މާމެންދޫ ކައުންސިލުގެ ލޯގޯ ފަރުމާކޮށްގެން 10 ހާސް ރުފިޔާ ހޯދުމުގެ ފުރުސަތު

ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް މުބާރާތެއްގެ ގޮތުގައި ހުޅުވާލައިފިއެވެ.

މާމެންދޫ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ މުބާރާތުގައި ބައިވެރިވެ އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި ދިހަ ހާސް ރުފިޔާ ދިނުމަށް ނިންމައިފައިވާ ކަމަށެވެ.

އެގޮތުން ލޯގޯ ހުށަހަޅާ ފަރާތްތަކުން ލޯގޯ ފަރުމާކުރުމަށް ފަހު ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީ-މެއިލް މެދުވެރިކޮށް ލޯގޯ ހުށަހަޅުއްވާނީ info@maamendhoo.gov.mv ކަމަށް އެ ކައުންސިލުގެ އިއުލާން ގައި ވަނީ ބުނެފައިވެއެވެ.

މީގެއިތުރުން އެ އިއުލާނުގައި ބުނެފައިވަނީ، ލޯގޯ ފަރުމާކުރުމުގައި ލޯގޯއިން މާމެންދޫ ރަމްޒުކޮށްދިނުމާއި، ރަށުގެ ތާރީޚާއި، ދީނާއި ސަގާފަތް ދައްކުވައިދޭން ޖެހޭނެ ކަމަށެވެ. އަދި އެ ލޯގޯ އަކީ ރަސްމީކޮށް އަދި ނުރަސްމީކޮށް ބޭނުންކުރަމުންގެންދާ ލޯގޯތަކާ ތަފާތު ލޯގޯ އަކަށްވެސް ވާން ޖެހޭނެ ކަމަށް އެއިއުލާނުގައި ބުނެފައިވެއެވެ.

ލޯގޯއާއެކުގައި ބޭނުންކުރާނެ ޝިއާރު ނުވަތަ މޮޓޯ ދިވެހިބަހުންނާއި އިގިރޭސިބަހުން ހިމެނުމުގެ އިތުރުން ތްރީޑީ ކޮށް އެނިމޭޓް ކުރެވޭނެ ގޮތަކަށް ލޯގޯ ހުންނަން ޖެހޭނެ ކަމަށާއި، އެމްބޯސްކުރަންޖެހޭ ހާލަތްތަކުގައި އެމްބޯސްކުރެވޭނެ ގޮތަށް ލޯގޯ ފަރުމާކޮށްފައިވާން ޖެހޭނެ ކަމަށް ވެސް އެކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!