ޚަބަރު
ކުޑަ ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ށ. ޅައިމަގުގައި ކުޑަ ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ 17 އަހަރުގެ ފިރިހެން ކުއްޖަކު އެރަށުގައި ރަހީނު ކުރި މައްސަލައެއް އިއްޔެ ރިޕޯޓް ކުރުމުން އެމައްސަލަ ބަލަމުންދާ ކަމަށާއި، އެހެން ނަމަވެސް އެކަމާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު އޮންލައިން ނޫސް “އަވަސް” އަށް ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު ގެ ރޭގަނޑުގެ ވަގުތެއްގައެވެ. އެރަށުގައި ހުންނަ އުރީދޫ އެންޓަނާ ހުންނަ ސަރަހައްދުގައި އެދުވަހުގެ ރޭ 17 އަހަރުގެ ކުއްޖަކު ދެ އަތާއި ދެ ފައި ބަނދެފައި އޮއްވާ ފެނުނު ކަމަށެވެ. އަދި އެކުއްޖާގެ އަނގަމަތީގައި ޓޭޕް އަޅާފައި އޮތްއިރު އެކުއްޖާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާ ކޮށްފައި ހުރި ކަމުގެ ނިޝާން ތަކެއް ފެންނަން ހުރި ކަމަށް އޮންލައިން ނޫސް “އަވަސް” އަށް މައުލޫމާތު ދިން އެރަށުގެ މީހަކު ބުންޏެވެ.

މި މައްސަލާއިގެ ބާވަތުން މި ކަމާއި ގުޅިގެން އިތުރު ތަފްސީލެއް ފުލުހުންގެ ފަރާތަކުން ނުލިބެއެވެ. އެހެން ނަމަވެސް، ފުލުހުންނާއި ޖެންޑާއިން ދަނީ މި މައްސަލަ ބަލަމުން ކަން ފާހަގަ ކޮށްލަމެެވެ.

މި ފަހަކަށް އައިސް، ކުޑަ ކުދިންނަށް އަނިޔާ ކުރުމާއި، ހަނގާ ކުރުމުގެ މައްސަލަތަށް ވަނީ އިތުރުވެފައެވެ.
ދާދިފަހުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް އަނިޔާ ކުރުމަށް ފަހު މަރާލައި އެއްލާލާފައިއޮއްވާ ހުޅުމާލޭގެ ސަރަހައްދަކުން ވެސް ވަނީ ފެނިފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!