ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ މައްޗަށް ކުރެވޭ ދައުވާގެ އަޑުއެހުން މާދަމާއަށް ތާވަލްކޮށްފިއެވެ.
ޖުމައްޔިލްގެ މައްޗަށް އުފުލާފައިވަނީ ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދަޢުވާއެވެ.
މާދަމާ މެނދުރުފަހު 14:00 ގައި މިދައުވާގެ އަޑުއެހުންވަނީ ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައެވެ.
ޖުމައްޔިލުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 03 ވަނަ މާއްދާގެ (ހ)އާއި ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން، ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދަޢުވާއުފުލައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ މިއަހަރު ފެބްރުއަރީ 25 ވަނަ ދުވަހުގައެވެ.
ޖުމައްޔިލްގެ ދެބެންގެ ދެދަރި ކުއްޖަކު ޓްވިޓާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނާގޮތުން 2016 ވަނަ އަހަރު ޑިސެމްބަރމަހު ޖުމައްޔިލް ވަނީ އޭނާގެ ހަށިގަނޑުގެ ގުނަވަންތަކުގައި އަތްލައި އުމުރުން 17 އަހަރުގައި އޭނައަށް ޖިންސި ފުރައްސާރަކޮށްފައި ކަމަށެވެ.
ހުވަދޫ ނޫހަކަސް ތިކަހަލަ މީހިންނެ ނަމު ކުރިއަން “ފިލްމީ ތަރި” ލީމެއި ވަރަން ހުތުރެ
ތީބުއަސް ހަމަ އެކަހަލަ މީހިންނެ ޕްރޮމޯޓް ކޮޅައުމާ
ހިތާމަ ހުއްޓީ ކަންތެތި ނޫސްވެރިކަމުގެ ދާއިރާއެންއަސް