ޚަބަރު
ރައީސް ސޯލިޙުގެ އެންމެ ބޮޑު ރިޔާސީ ވަޢުދު – މާލެ-ވިލިމާލެ ބްރިޖް މަޝްރޫޢުގައި މާދަމާ ސޮއި ކުރަނީ!

ރިޔާސީ އިންތިޙާބުގެ އެންމެ ބޮޑު އެއްވައުދު ކަމުގައިވާ މާލެ-ވިލިމާލެ އަދި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލައި، “ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް” ގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރާގޮތަށް ނިންމައިފި އެވެ.

ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިިފައިވަނީ ހޮޓަލް ޖެންގަ އެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އެހެން މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބާއްވާ ރަސްމިޔާތަށްވުރެ ބޮޮޑު ރަސްމިއްޔާތެއްގެ ތެރެއިނެންނެވެ.

މާލެ-ވިލިމާލެ އަދި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލައި “ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް” ހަވާލުރުމަށް ނިންމާފައިވަނީ އިންޑިއާގެ އެފޮކޮންސް އިންފްރަސްޓްރަކްޗާ ކުންފުންޏާ އެކު އެވެ. އަދި މި އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ރަށްތަކުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި 140 މީޓަރުގެ (3) ނެވިގޭޝަން ބްރިޖް އެޅިގެންދާނެއެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ) ކުރިއަށް ގެނަދިއުމަށް ހަމަޖެހިފައިވާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި މަޝްރޫއުއަށްޓަކައި އިންޑިއާ ސަރުކާރުން 100 މިލިއަން ރުފިޔާގެ ގްރާންޓެއް ވެސް ވަނީ ފޯރުކޮށްދީފައެވެ. ޖީ.އެމް.ސީ.ޕީ އަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

Comment