1.6 މިލިއަން ރުފިޔާ ނުދައްކައިގެން ވިލިނގިލީ ކައުންސިލް އިދާރައިގެ ކަރަންޓުގެ ޚިދުމަތް ކަނޑާލައިފިއެވެ.
މިކަމާ ގުޅިގެން ހުވަދޫ ނިއުސް އިން ގއ ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު އަށް ގުޅާލުމުން ރައީސް ވިދާޅުވީ، ކައުންސިލް އިދާރާގެ ކަރަންޓު ކަނޑާލާފައިވަނީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ތިބި މިސްކިތްތަކާއި މަގުބައްތި އަދި ކައުންސިލް ގެ ބެލުމުގެ ދަށުގައި ހުންނަ އެހެނިހެން ތަންތަން އަދި ކައުންސިލް އިދާރާ ހިމެނޭހެން ކައުންސިލަށް ލިބިފައިވާ ކަރަންޓު ބިލް ނުދައްކާ ހުރުމުގެ ސަބަބުން ކަމަށާއި، ނަމަވެސް ނިމިދިޔަ ޖުލައި މަހުގައި 6 ލައްކަ ރުފިޔާ ދައްކާފައިވާ ކަމަށެވެ.
މިވަގުތު ބިލަށް އަރާފައިވާ 1.6 މިލިއަން ރުފިޔާ އަކީ، ކުރީގެ ކައުންސިލުން 2019 އިން ފެށިގެން ނުދައްކާ ހުރި ބިލްތަކެވެ. ނަމަވެސް މިއަދު 12 ޖެހިއިރު އެއިދާރާގެ ކަރަންޓު ވަނީ ކަނޑާލާފައެވެ. ރައީސް އިތުރަށް ވިދާޅުވީ، އެފައިސާ ދެއްކޭނެ ލާރިއެއް އެކައުންސިލްގެ ބަޖެޓުގައި މިހާރު ނެތްކަމަށާއި، ނަމަވެސް ފެނަކަ ކޯޕަރޭޝަނާއި ވާހަކަ ދައްކައި އެކަމުގެ ހައްލެއް ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިސްްކިތްތަކުން ކަރަންޓް ނުކަނޑާތަ
ރަށްރަށުގެ މަގުބައްތި ތައް ބެލެހެއްޓުން ޔުޓިލިޓީގެ ޚިދުމަތަކަށް ހެއްދެވުން ބޮޑުތަނުން މުހިންމު.