ޚަބަރު
ގއ އަތޮޅު ހޮސްޕިޓަލުގެ ޓީމެއް ކަނޑުހުޅުދޫގައި ހަރަކާތްތެރިވާން ފަށައިފި

ކޮވިޑް-19 ކޭސްތަކެއް ފެނިގެން މިވަގުތު މޮނިޓަރިންގ ހާލަތުގައި އޮތް ގއ ކަނޑުހުޅުދޫގައި އަތޮޅު ހޮސްޕިޓަލުގެ ޓީމެއް ހަރަކާތްތެރިވާން ފަށައިފިއެވެ.

ގއ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ މުހައްމަދު ޝަރީފް “ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަތޮޅު ފޯކަލް ޕޮއިންޓު ހިމެނޭހެން ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ޓެކްނިކަލް ބޭފުޅުން ވެސް ހިމެނޭގޮތަށް ކަނޑުހުޅުދޫގައި ހަރަކާތްތެރިވުމަށް ފޮނުވާފައި ވަނީ އެ ރަށުން ކޮވިޑް ކޭސްތަކެއް ފެނުމާއި އެކު ސިއްހީ މަރުކަޒު ގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން އެކަކު ޕޮޒިޓިވް ވެ މަރުކަޒުގެ ހުރިހާ ބޭފުޅުން ކަރަންޓީން ކުރަން ޖެހުމާއި އެރަށް ވީހާވެސް އަވަހަށް އާންމު ޙާލަތަށް ގެނައުމަށް ކަމަށެވެ. އެގޮތުން ފާއިތުވި 4 ދުވަހު ކުރި މަސައްކަތުން ރަށް ވަނީ ކޮންޓްރޯލް ޙާލަތަށް ގެނެވިފައި ކަމަށް ވެސް މެނޭޖަރ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާ އަވަހަށް ކަނޑުހުޅަދޫ ގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވުނީ ރައްޔިތުންނާއި އިދާރާތަކުން ދެއްވި އެއްބާރުލުމުގެ ސަބަބުން ކަމަށާއި ކުރިޔަށް އޮތް ތަނުގައި އެ ގޮތުގައިކުރިއަށް ގެންދެއްވިއްޖެ ނަމަ ވަރަށް އަވަހަށް އެރަށް މޮނިޓަރިން ހާލަތުން ނަގާނެ ކަމަށެވެ.

އެރަށުގެ މިވަގުތު އެކްޓިވް ކޭސްގެ ގެ ގޮތުގައި ފާހަނގަ ކުރެވިފައިވަނީ 9 ފަރާތެކެވެ. އެރަށުން 154 ރެންޑަމް ސާމްޕަލް މިހާތަނަށް ނަގާފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!