ޚަބަރު
އަލީ ވަހީދު އިގިރޭސި ވިލާތުގައި ހުއްޓާ ހައްޔަރުކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އިނގިރޭސި ވިލާތުގައި ހުއްޓާ ހައްޔަރުކޮށްފިއެވެ.

އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މަގާމުން ވަކިކޮށްފައިވާ އަލީ ވަހީދު ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް ހާޒިރުވުމަށް ފޮނުވި އަމުރަށް ކިޔަމަން ނުވެ، ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް ވެސް އޭނާގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ ކޮށްފައެވެ.

މިމައްސަލައާއި ގުޅިގެން އިންޓަޕޯލް މެދުވެރިކޮށް އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. ދިވެހި ފުލުހުން އެދިލައްވައިގެން އިންޓަޕޯލްއިން އަލީ ވަހީދު ހައްޔަރުކޮށްފައިވަނީ އިގިރޭސި ވިލާތުގައި ހުއްޓާއެވެ.

އަލީ ވަހީދުގެ ޝަރިއަތް އޮންލައިންކޮށް ކުރިޔަށް ގެންދަން ދަށުކޯޓުން ނިންމާފައިވާ ނިންމުން ދައުލަތުގެ ފަރާތުން ސްޕްރީމްކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައެވެ. އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިނުގަތުމުން އަލީ ވަހީދު “ފިލައިގެން” ދިޔަ ކަމަށް ބުނެ އާންމުންގެ ގިނަ ފާޑިކިއުންތަކެއް އޭނާއަށާއި ސަރުކާރަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ކްރިމިނަލް ކޯޓަށް ވަނީ އަމާޒުވެފައެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކަކީ، ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާއާއި، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ.