އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސްގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ވޯޓުން އިލެކްޝަން ކޮމިޝަންގެ ރައީސްގެ މަޤާމަށް އައްޔަންކޮށްފައިވަނީ މުހައްމަދު އާސިފް (އިރުވައި އާސިފް) އެވެ.
އިލެކްޝަން ކޮމިޝަނުގެ ރައީސް އެމަޤާމުން އިސްތިއުފާ ދިނުމާއި ގުޅިގެން އެމަޤާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ 5 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވާފައެވެ.
މިމަޤާމަށް އާސިފް ހޮވިފައިވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 10 މެމްބަރުންގެ ވޯޓުންނެވެ.
އާސިފް އަކީ މީގެ ކުރިން ފިލްމީ ދާއިރާގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރިން އިލެކްޝަން ކޮމިޝަނުގައި ވަޒީފާ އަދާކޮށްފައިވާ ބޭފުޅެކެވެ.
2018 ވަނަ އަހަރު މާރޗް 26 އިން ފެށިގެން މިދިޔަމަހުގެ 15 ވަނަ ދުވަހާ ހަމަޔަށް އިލެކްޝަން ކޮމިޝަނުގެ ރައީސަކަށް ހުންނެވީ އަހުމަދު ޝަރީފްއެވެ.
ވާނުވާގަތަ ކިހިނެ ކޮމިޓީ އަކުން މީހަކު އައްޔަންކުރަނީ..