ޚަބަރު
އަލީ ވަހީދު ހައްޔަރުކުރިކަމުގެ މައުލޫމާތު ލިބިފައިނުވޭ: ފުލުހުން

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު އިގިރޭސި ވިލާތުގައި ހުއްޓާ ހައްޔަރުކުރިކަމަށް މީޑިޔާތަކުގައި ޚަބަރުފެތުރެން ފެށުމުން ފުލުހުން ވިދާޅުވީ އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި އަލީ ވަހީދު ހައްޔަރުކުރިކަމުގެ މައުލޫމާތެއް ފުލުހުންނާއި ގުޅޭ އެއްވެސް ފަރާތަކުން ހިއްސާކޮށްފައިނުވާކަމަށެވެ.

ސްޕްރީމް ކޯޓުގައި އޮތް ޝަރީއަތަށް ހާޒިރުވުމަށް ޗިޓް ފޮނުވުމުންވެސް އަލީ ވަހީދު އަޑުއެހުމަށް ރާއްޖެ ވަޑައިގެންފައިނުވާތީ އާއި ކޯޓު ހުރުމަތް ކަނޑައިގެން ވަނީ 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި އެ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.

ފުލުހުން އިތުރަށް ވިދާޅުވި ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ސްޕްރީމް ކޯޓުން ކޮށްފައިވާ އަމުރާއި އެއްގޮތަށް އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންގެންދާކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!