ޚަބަރު
މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ކަނޑާލަނީ

ގދ ހޯނޑެއްދޫއާއި މަޑަވެލި ގުޅާލުމަށް އަޅާފައިވާ ކޯޒްވޭ ކަނޑާލުމަށް ހޯނޑެއްދޫ ކައުންސިލުން ނިންމާލައިފިއެވެ.

ހޯނޑެއްދޫ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވުނު އެކައުންސިލުގެ 4 ވަނަ ދައުރުގެ 13 ވަނަ އާންމު ޖަލްސާގައެވެ. މިޖަލްސާގައި ނިންމާފައިވަނީ، މަޑަވެލި ހޯނޑެއްދޫ ކޯސްވޭގެ ސަބަބުން ހޯނޑެއްދޫ އަށް ބޮޑެތި ގެއްލުންވެ، ކަމާއިބެހޭ ފަރާތްތަކަށް އެކި ފަހަރުމަތިން ހުށަހަޅާފައިވީ ނަމަވެސް މައްސަލަ ހައްލުކުރުމަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާތީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އަންގައި ކައުންސިލުން ކޯޒްވޭ ކަނޑާލުމަށެވެ.

މީގެ ކުރިން  “ހުވަދޫ ނިއުސް” އަށް މައުލޫމާތުދެއްވަމުން ހޯނޑެއްދޫ ކައުންސިލްގެ ރައީސް ވާރިޝް  ވިދާޅުވީ، މީގެ 3 އަހަރު ކުރިން މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ހަދައި ނިމުނުއިރު އެތަން ހެދިފައި އޮތް ގޮތުން މޫދުގެ ލޮނުގަނޑު ދައުރުވުމުގައި ހުރަސްތަކެއް ހުރުމުން ބޮޑު ދިޔައިގައާއި ރާޅުބާނި މޫސުމުގައި ހޯނޑެއްދޫގެ ދަނޑުބިންތަކުގެ ބޮޑު ސަރަހައްދަކަށް ރާޅު އަރާ ކަމަށާއި، ދަނޑުވެރިކަމާ އެހެނިހެން ސިނާއީ މަސައްކަތްތަކަށް ޙާއްސަކުރެވިފައިވާ ބިމުގެ 6 ހެކްޓަރަށްވުރެ ބޮޑު ބައެއް އެއްކޮށްހެން ހަލާކުވެފައިވާ ކަމަށެވެ.

ހޯނޑެއްދޫ މަޑަވެލި ކޯޒްވޭ ހަލާކުވުމާއި ކޯޒްވޭ ހެދިފައި އިންގޮތުން ދެރަށުގެ ރައްޔިތުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ހަދާފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން 2018 ވަނަ އަހަރުގައެވެ. ނަމަވެސް އޭގެ ފަހުންވެސް ކޯޒްވޭގެ ސަބަބުން ދެރަށުގެ ރައްޔިތުންނަށްވެސް އެތަކެއް ގެއްލުމެއް ލިބެމުންދާ ކަމަށް ދެރަށުގެ ރައްޔިތުންވެސް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!