ރިޕޯޓް
މުޖްތަމަޢުގައި ހިނގާ ފާޙިޝްކަންތައް ހުއްޓުވަން މަސައްކަތްކުރުމަކީ، އެންމެންގެ ވާޖިބެއް!
މުޖްތަމަޢުގައި ހިނގާ ނޭއްގާނީ ކަންތައްތަކާއި މުންކަރާތްތައް ހުއްޓުވަން މަސައްކަތްކުރުމީ، މުސްލިމް އުއްމަތުގެ މައްޗަށް ކީރިތިﷲ ފަރުޟު ކުރައްވާފައިވާ ކަމެކެވެ. އެއީ، މިފަދަ ކަންތައްތައް ކުރާ މީހުންގެ ނުބައި ކަމުން މުޅި މުޖްތަމަޢު ސަލާމަތް ކުރުމަށްޓަކައެވެ. ހަމައެހެންމެ އެޢަމަލުތައް ހިންގާ މީހުންވެސް އެކަމުން ސަލާމަތްކޮށް ސީދާމަގަށް ގެނައުމަށްތަކައެވެ. އަދި އެބައިމީހުންނަށް އެކަމުގައި އެހީތެރިވުމަށްޓަކައެވެ. މިކަން މިގޮތަށް ނުކުރެވޭނަމަ މުޅި މުޖުތަމަޢު ފަސާދަވެގެން ހިނގައިދާނެއެވެ.
ބައެއް މީހުންގެ ނަޒަރުގައި، ހެޔޮކަންތައްތަކަށް ގޮވައި ނުބައި ކަންތައްތައް ހުއްޓުވަން އުޅުމީ ކޮންމެހެން ކުރަންޖެހޭ ކަމެއްނޫނެވެ. އަދި އެއީ، ކުރުން އެހާ ރަގަނޅުކަމެއްވެސް ނޫނެވެ. އެހެނީ، މީހަކު އެކަން ކުރާނަމަ، ގިނަބައެއްގެ ފަރާތުން އެމީހަކަށް މަލާމާތް ރައްދުވާނެތީއެވެ. ބައެއްމީހުން ދެކޭގޮތުގައި، ތިމާ އަމިއްލައަށް ރަގަނޅަށް އުޅޭނަމަ، އެހެން މީހުންކުރާ ނުބައިކަމުން، ތިމާއަށް ލިބޭނޭވަކި ގެއްލުމެއް ނޯންނާނެއެވެ. މިއީ ކުށް ހީއެކެވެ. މުޖުތަމަޢުގައި ހިނގާނުބައި ކަންތައް ހުއްޓުވަން މަސައްކަތް ކުރުމީ، މުސްލިމް އުއްމަތުގެ މައްޗަށް މާތްﷲ ފަރުޟު ކުރައްވާފައިވާ ކަމެކެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿ وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴾ (سورة آل عمران 104) މާނައީ: ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.
އެއްވެސް މުޖްތަމަޢެއްގައި ފާޙިޝް ކަންތައް ފެތުރި ޢާއްމުވެގެން ދިއުމަކީ، އެމުޖުތަމަޢެއްގައި ނުރައްކާތެރި ރޯގާތަކާއި ބަލިމަޑުކަމާއި ތަދުމަޑުކަން ފެތުރި ޢާއްމުވެގެން ދިއުމުގެ ސަބަބެކެވެ. މާތް ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. “لَمْ تَظْهَرِ الْفَاحِشَةُ فِي قَومٍ قَطّ حَتَّى يُعْلِنُوا بِهَا إلاّ فَشَا فِيْهِمْ الطَّاعُوْنُ وَالأوْجَاعُ الّتِي لَمْ تَكُنْ مَضَتْ فِي أسْلافِهِمْ الذِّيْنَ مَضَوْا” މާނައީ: “ބައެއްގެ ތެރޭގައި ޒިނޭކުރުން ޢާއްމުވެ ފާޅުގައި އެކަން ކުރަންފަށައިފި ކޮންމެ ބައެއްގެ މެދުގައި، އެބައިމީހުންގެ ކުރިން އެއްވެސް ބަޔަކު ދެކެފައިނުވާފަދަ ބަލިތަކާއި ރޯގާތަކާއި ދަތުމަޑުކަން ފެތުރި ޢާއްމުވެދާނޭކަން ކަށަވަރެވެ.”
މުޖްތަމަޢުގައި ހިނގާ ފާޙިޝްކަންތައް ހުއްޓުވުމަށް މަސައްކަތްތަކެއް ނުކުރެވޭނަމަ، މުޅި މުޖްތަމަޢު ޝާމިލުވާފަދަ ކޯފާއެއް އެބަޔަކަށް އައުމަކީ، ދުރުކަމެއްނޫނެވެ. މާތްﷲ ވަޙީކުރައްވައެވެ. ﴿ وَاتَّقُوا فِتْنَةً لَّا تُصِيبَنَّ الَّذِينَ ظَلَمُوا مِنكُمْ خَاصَّةً ۖ وَاعْلَمُوا أَنَّ اللَّـهَ شَدِيدُ الْعِقَابِ ﴾ (سورة الأنفال 25) މާނައީ: “އަދި ތިޔަބައިމީހުން ފިތުނައަކަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ފިތުނައައިސް ޖެހިދާހުށީ، ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެކަންޏެއްނޫނެވެ. އަދި ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!”

މިހާރަކަށް އައިސް މުޅި ދުނިޔެއަށްވެސް ޢާއްމުވެ ފެތުރެމުންމިދާ ނުރައްކާތެރި ރޯގާތަކާއި ބަލިތަކަކީ، މީގެކުރިން ދުވަހަކުވެސް ދުނިޔެ ދެކެފައިވާ ބަލިތަކެއް ނޫނެވެ. މުޅި ދުނިޔެ މިވަނީ، މިހާތަނަށްވެސް މިބަލިތަކަށް ފަރުވާއެއް ހޯދުމަށް ނުކުޅެދިފައެވެ. ދުނިޔޭގެ ސައެންޓިސްޓުންނާއި ޑޮކްޓަރުން ވަނީ މިކަމުގައި ނުކުޅެދިފައެވެ.

اللهم ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އެންމެހައި ނުބައި ޢަމަލުތަކާއި، ނުރައްކާތެރި ބަލިތަކާއި، ރޯގާތަކާއި، ބަލިމަޑުކަމާއި، ތަދުމަޑުކަން، އަޅަމެންގެ މުޖުތަމަޢުންނާއި އެންމެހައި އިސްލާމީ މުޖްތަމަޢުތަކުންނާއި އެންމެހައި އިސްލާމީ މުޖުތަމަޢުތަކުން ދުރުކުރައްވައި ރައްކާތެރި ކުރައްވާށި. އާމީން.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!