ޚަބަރު
އެޗްޕީއޭއިން މަޑަވެލި މޮނިޓަރިން އަށް ލައިފި

ގދ މަޑަވެލިގެ މުޖުތަމައު ތެރެއިން ކޮވިޑް ކޭސްތަކެއް ފެނި އެރަށް މޮނިޓަރިން އަށް ލައިފިއެވެ.

މަޑަވެލި މޮނިޓަރިން އަށް ލާފައިވަނީ، ކާޑެއްދޫ އެއަރޕޯޓުން ބަޔަކު ފައްސިވުމާ ގުޅިގެން އެފަރާތްތަކުގެ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުފައި ފާހަނގަ ކުރެވުނު ފަރާތްތަކުގެ ތެރެއިން ބަޔަކު ފައްސިވެފައިވާތީ ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން މަޑަވެލި މޮނިޓަރިން އަށް ލާފައިވީ ނަމަވެސް، މަޑަވެލި ކައުންސިލުން އެރަށް މޮނިޓަރިން އަށް ލާންޖެހޭ ކަމަށް ގަބޫލެއް ނުކުރެއެވެ. ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މަޑަވެލި ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، އެރަށް މޮނިޓަރިންގ ހާލަތަށް ގެންނަން ޖެހޭ އެއްވެސް ސަަބަބެއް ނެތް ކަމަށާއި، ފައްސިވެފައި ވަނީ، ކާޑެއްދޫ އިން ފައްސިވި ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން ކަރަންޓީނުގައި ހުރި ފަރާތެއް ކަމަށެވެ.

އޭގެ އިތުރުން ދެވަނަ އަށް ފައްސިވެފައިވާ ފަރާތަކީވެސް ކަރަންޓީނުގައި ހުރި ފަރާތެއް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. ނަމަވެސް އެޗްޕީއޭއިން މަޑަވެލި މޮނިޓަރިން އަށް ލާފައިވާކަން އެކައުންސިލަށް ތިނަދޫ ގައި ހުންނަ ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ގުޅާފައި ބުނެފައިވާ ކަމަށާއި، ނަމަވެސް އަދި އެއްވެސް ރަސްމީ ލިޔެކިއުމެއް ލިބިފައި ނުވާކަމަށެވެ.

މިކަމާ ގުޅިގެން މިހާރު އެރަށުގެ ހެލްޓް ޓާސްކްފޯސްއިން ބައްދަލުވުމެއް ބާއްވައި ދެން ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަންކަމާ މެދުމަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!