ޚަބަރު
ނުކުޅެދުންތެރިކަމާއި ބެހޭ ޤާނޫނާއި ޤަވައިދުތަކުގެ އޯޑިއޯ އަޑުއަހާލެވޭނެ އިންތިޒާމް ހަމަޖައްސައިފި

ނުކުޅެދުންތެރިކަމާއި ބެހޭ ޤާނޫނާއި ޤަވައިދުތަކުގެ އޯޑިއޯ އަޑުއަހާލެވޭނެ ގޮތަށް އިންތިޒާމް ހަމަޖައްސައިފިއެވެ.

އޭޖީ އޮފީހުން ވިދާޅުވި ގޮތުގައި ޔޫއެންޑީޕީ އަދި އޮސްޓްރޭލިޔާ ސަރުކާރު ގުޅިގެން ކުރިއަށްގެންދާ ގާނޫނުތަކަށް އަހުލުވެރިކުރުމުގެ މަސައްކަތުގެ ތެރެއިން، އެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގަވާއިދުގެ އޯޑިއޯ ރެކޯޑިންތައް އެޓަނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް އަދި އެމްވީލޯ ވެބްސައިޓުގައި އާންމުކުރެވިފައިވާނެއެވެ.

ހާއްސަ އެހީއަށް ބޭނުންފުޅުވާ ފަރާތްތައް ގާނޫނީ އެކި މަސްދަރުތަކަށް އަހުލުވެރިކުރުވުމަށާއި، އެންމެ އެދެވިގެންވާ ގޮތުގައި ގާނޫނީ ދާއިރާއާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތެއް ކަމަށް އޭޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގައި އަމަލުކުރެވެމުންދާ ގާނޫނުތަކާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުމުގެ މަގްސަދުގައި، ގާނޫނުތަކާއި ގަވާއިދުތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބިދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރިއަށް އޮތް ތަނުގައި، އިތުރު ގާނޫނުތަކާއި ގަވާއިދުތަކުގެ އޯޑިއޯ ރެކޯޑިންތައްވެސް ވެބްސައިޓްގައި އާންމު ކުރެވިގެންދާނެ ކަމަށް އެއޮފީހުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!