ރިޕޯޓް
ދެއްވަދޫ އަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަލްމަރުޙޫމް މުހައްމަދު ރަޝާދު

ނިކަން ވިސްނަވާށެވެ. ފިކުރު ފޯރުއްވަވާށެވެ. މީހެއްގެ ހަގީގީ އަގު ވަޒަންކުރެވެނީ އެމީހަކު ނެތިދިއުމަށް ފަހުގަ އެވެ. އާދޭހެވެ! ހަމަ މުޅީންމެ ޔަގީނެވެ. އަގެއް ނެތް ޖިސްމުތައް، ދާދި އަވަހަށް ނެތިފަނާވެގެން ހިނގައިދެ އެވެ. ދެމިހުންނަ އެއްޗަކީ އެމީހަކު ކުޅަ ހެއު އަމަލުތަކެވެ. އިހްލާސްތެރިކަމާއިއެކު އަދާކުޅަ ހިދުމަތެކެވެ. އާދޭހެވެ! ކަށިތަކާއި، މަސްތައް ވެއްޔަށްވެގެން ހިނގައިދެ އެވެ. ނަމަވެސް “ތާއަބަދު ދެމިހުންނަ ހެޔޮޒިކުރާއަކަށް ނިމުމެއް ނެތެވެ” މުހައްމަދު އަމީން ލިޔުއްވާފައިވެ އެވެ.

ގއ.ދެއްވަދޫ ކައްމަތީވިލާ އަލްމަރުޙޫމް މުހައްމަދު ރަޝާދު އަކީ ގިނަދުވަސްތަކެއް ވަންދެން ކުދިއްނަށް ގުރުއާން އަދި އިސްލާމް އުގައްނައިދެއްވި ބޭފޫޅެކެވެ. ދެއްވަދޫ ކުދި ބޮޑު އެންމެންގެ އިހްތިރާމާއި ލޯބި ލިބިފައިވާ ހިދުމަތްތެރިއެކެވެ. އެންމެންގެ އެދުރުބެއެވެ. ޏ.ފުވައްމުލަކަށް އުފަން މުހައްމަދު ރަޝާދަކީ ދެއްވަދޫ އަށް ގިނަގުނަ ޙިދުމަތްތަކެއް ކުރައްވަވާފައިވާ ބޭފުޅެކެވެ.

އިން 1963 ވަނަ އަހަރާއި ހަމައަށް ދެއްވަދޫ މަދުރަސާގައި ކުދިންނަށް ކިޔަވައި ދެއްވިއެވެ. ދެކޮނުގެ 4 އަތޮޅުން ދިވެހި ސަރުކާރާއި ދެކޮޅުވެގެން ހިންގެވި އަމަލުގެ ސަބަބުންނާއި، ގދ.ތިނަދޫއިން މީހުން ބޭލުމަށްފަހު އައި ބޮޑު ތަދުމަޑުކަމެއްގެ ސަބަބުން މަދުރަސާގެ ކިޔަވައިދިނުން ހުއްޓާލަން ޖެހުނެވެ. ފަހުން މަދުރާސާގެ ކިޔެވުން 1977 ގައި މަކުތަބަތުލް ފަލާހުގައި ކުޑަ ދުވަސްކޮޅަކަށް ހިންގި ކަމުގައިވިއަސް ދުވަސްކޮޅަކުން އެތަން ހުއްޓިގެން ދިޔައެވެ. 1979 ގައި ‘ދެއްވަދޫ މަކްތަބު’ގެ ނަމުގައި ކިޔަވައިދޭ ތަނެއް ވުޖޫދުވެ އެ މަކްތަބުގެ މުދައްރިސެއްގެ ގޮތުގައިވެސް މުހައްމަދު ރަޝާދު ކުދިންނަށް ކިޔަވައި ދެއްވިއެވެ. 1969 ވަނަ އަހަރުން ފެށިގެން އަމިއްލަ ގޭގައި ތަންކޮޅެއް ބޮޑެތި އުމުރު ފުރައިގެ ކުދިންނަށް ޤުރުއާނާއި އިސްލާމް ވަރަށް ދިގު މުއްދަތަކަށް މުޙައްމަދު ރަޝާދު ކިޔަވައި ދެއްވިއެވެ.

ކުދިންނަށް ޤުރުޢާން ހިފްޘު ޕްރޮގުރާމެއް ހިންގަވައި ވަރަށްގިނަ ފޮތްތަށް ކުދިންނަށް ހިތު ދަސްކޮށް ދިނެވެ. ނަމަވެސް އިތުރަށް ތަޢުލީމް އުގެނުގެ ބޭނުމުގައި ރަށުން ބޭރުގެ މަދުރަސާތަކަށް ކުދިން ދިޔުމުން އެކަން ނުކުރެވުނީއެވެ. މުހައްމަދު ރަޝާދު ވަނީ ދެއްވަދޫގައި ތަޢުލީމީ ޖީލެއް އުފަން ކުރުވާފައެވެ.

ދެއްވަދޫ މިސްކިތް މަސްޖިދުލް ސަމާހަތުގެ ޖާގަ ކުޑަވެގެން މިސްކިތް ބޮޑުކުރުމުށް މިސްކިތް ފެންޑާތެރޭގައި އެންމެފުރަތަމަ އެކަމަށް އިސްނަގައި ފަންޑު ހޯދުމުގެ މަޝްވަރާ ފެއްޓެވީ އަލްމަރުޙޫމް މުހައްމަދު ރަޝާދެވެ. އެޔަށްފަހު މަސަތްކަތް ފަށައިގެން މިސްކިތް ބޮޑުކުރުމުގެ މަސަތްކަތުގައި އަމަލީގޮތުން ބައިވެރިވެލެއްވިއެވެ.

މުހައްމަދު ރަޝާދު އަކީ ކުޅިވަރުގެ ރޮގުގައި ދެއްވަދޫގައި ފާހަގަ ކޮއްލެވޭ ޝަހުސިއްޔަތެކެވެ. މިގޮތުން ކޮންމެ އަހަރަކު ދެއްވަދޫގައި ކުޅެއުޅޭ އީދު ކުޅިވަރުގެ ކަންތައް ރޭވުމުގަ އިސްކޮށް ހަރަކާތްތެރިވެއެވެ.

މީގެއިތުރުން ވެސް މުހައްމަދުރަޝާދުއަކީ އަތްތެރި މަސައްކަތުގައި ހުނަރުލިބިފައިވާ ބޭކަލެކެވެ. މިގޮތުން އަތްތެރިމަސައްކަތުގެ ރޮނގުން ޢާންމު ޚިދްމަތުގެ އިނާމު 1996 ވަނައަހަރު ވަނީ ލިބިވަޑައިގެންފައެވެ.

މުހައްމަދު ރަޝާދު އަވަހާރަވެފައިވަނީ ގިނަދުވަސްތަކެއް ވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށްފަހު 20 މާރޗް2011 ގައެވެ.

މަތިވެރި ﷲ މުހައްމަދު ރަޝާދަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރަށްވާށި. އާމީން