މާލޭގެ ގުދަނަކުން ވައްކަންކުރި ބަޔެއްގެ ވީޑިޔޯއެއް އާންމުކޮށްފިއެވެ.
ފުލުހުން މިއަދު އާންމުކުރި ވީޑިޔޯއިން ފެނިގެންދަނީ ތިން މީހަކު ބައިވެގެން ވައްކަން ކުރާ މަންޒަރެވެ. އެތަނުން އެކަކުގެ އަތުގައި ޓޫލްބޮކްސްއެއް އޮތެވެ. އަނެކަކު އަތުގައި ލަގެޖް ފޮއްޓެއް އޮތްތަން ފެނިގެންދެއެވެ.
މިވީޑިޔޯ އާންމުކުރަމުން ފުލުހުން ވިދާޅުވީ އެ މީހުންނަކީ ޖުލައި 11 ވަނަ ދުވަހުގެ ވަގުތެއްގައި މއ. ބަބުލްއަވާލީ ގޭގައި ހުރި ގުދަނަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހުން ކަމަށެވެ.
މިވީޑިޔޯއިން ފެންނަ މީހުންނާއިބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 491146 ގުޅުއްވާ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އަންގާފައެވެ.