ޚަބަރު
ބަރުލަމާނީ ޕެޓިޝަންގައި ސޮއިހޯދަނީ އެމްޑީޕީއަކުން ނޫން: ހަސަން ލަތީފް

ބަރުލަމާނީ ޕެޓިޝަނަށް ސޮއިހޯދަނީ އެމްޑީޕީން ނޫންކަމަށް އެމް.ޑީ.ޕީގެ ޗެއަރ ޕާރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމަށް ތާއިދު ހޯދުމަށް ސޮއިކުރާ ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް ކުރަނީ އަމިއްލަ ޖަމާއަތަކާއި މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ކަމަށާއި ހަރުގެ ތަކުގައި އެމަސައްކަތް ކުރަނީ މެމްބަރުން އެދޭ އެފަދަ ހަރަކާތްތަކަށް ޕާޓީގެ ހަރުގެތަކާއި ޖަގަހަތައް ދޫކުރާ ގޮތަށް ހަމަޖެހިފައިވާތީ ކަމަށެވެ.

ހަސަން ލަތީފް އިތުރަށް ވިދާޅުވިގޮތުގައި ބަރުލަމާނީ ނިޒާމު ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތުގައި އުޅޭ މެމްބަރުންގެ އެދުމުގެ މަތިން އަމިއްލަ ޖަމްއިއްޔާއަކާއި ގުޅިގެން އެކަން ކުރިއަށް ގެންދިޔުމަށް ހަރުގެތައް ވަނީ ދޫކުރެވިފައެވެ. އެހެންނަމަވެސް އެއީ އެމްޑީޕީ އޮފީހުން ކުރަމުން އަންނަ މަސައްކަތެއް ނޫންކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށްޓަކައި ތައްޔާރުކޮށްފައިވާ ޕެޓިޝަނުގައި މިހާތަނަށް މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން މުހައްމަދު ނަޝީދުއަށް ތާއީދުކުރާ އާއްމު ރައްޔިތުންވެސް ދަނީ ސޮއިކުރަމުންނެވެ.

އެހެންނަމަވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ އިސްވެރިންނާއި ލީޑަރުން ދަނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ފާޅުގައި އަޑުއުފުލަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!