ޚަބަރު
ވައިގެ މަގުން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް އަތުލައިގެންފި

ވައިގެ މަގުން ރާއްޖެރިން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގެންފައި ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންނާއި މޯލްޑިވެސް ކަސްޓަމްސް ގުޅިގެން ކަމަށް މޯލްޑިވްސް ކަސްޓަމް އިން ބުންޏެވެ. އެގޮތުން 14 ފޮށްޓެއްގައި ބަންދުކޮށްފައި ހުރި 243 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރީ ލޮނުކޮށްފައި ހުންނަ މަހުގެ ގޮތުގައި ކަމަށްވެސް މޯލްޑިވެސް ކަސްޓަމްސް އިން ބުންޏެވެ.

ގަވާއިދާއި ހިލާފަށް މިޔަރު ހިފައި އޭގެ އުރަހަ ވިޔަފާރީގެ ގޮތުގައި ބޭނުންކުރަމުން ދެއެވެ. މީގެ ކުރިން އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!